މާ ގަދަޔަށް ދާ ހިއްލާނަމަ ނުވަތަ ހައިޕާހައިޑްރޯސިސް އަކީ ސީރިސް މައްސަލައެކެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެހެން މީހުންނަށްވުރެ ގިނައިން ދާ ހިއްލާ މީހުންނެވެ. މާ ގަދަޔަށް ލދާ ހިއްލުމަކީ ވެސް ބައެއް ފަހަރު ލަދުވެތިވެސް ކަމެކެވެ.

ޖިންސާއި އުމުރު އަދި ފިޓްނެސް ލެވެލްގެ ގޮތުން ވެސް ދާ ހިއްލާ މިންވަރު އިތުރުވެ އެވެ. ނަމަވެސް ހާސް ނުވާށެވެ. ދެން މި ކިޔައިދެނީ މާ ގަދަޔަށް ދާ ހިއްލާނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

އެޕަލް ސައިޑާ ވިނެގާ

އެޕަލް ސައިޑާ ވިނެގާ އަކީ އޭގެ ޒާތުގައި އެސިޑެއް ކަމުން، އަތާއި ފައި އަދި ހަށިގަނޑުގެ އެހެން ތަންތަނުގައި ހުންނަ ބެކްޓީރިއާތައް ނައްތާލަދޭން އެހީތެރިވެދެ އެވެ. އެގޮތުން، ކުޑަ ތާފަނާ ފެންކޮޅަކަށް އެޕަލް ސައިޑާ ވިނެގާ ކޮޅެއް ގިރުވާލާށެވެ. އަދި އެފެނުން ދާ ހިއްލާ ތަންތަން 15 ނުވަތަ 30 މިނެޓް ވަންދެން ތެތްމާލާށެވެ.

އަލުވި

އަލުވި އަކީ އޭގެ ޒާތުގައި އެލްކަލައިންއެއް ކަމުން، ހަށިގަނޑުގެ ޕީއެޗް ލެވެލް ބެލެންސް ކޮށްދޭން އެހީތެރިވެދެ އެވެ. އަދި އަލުވީގައި ހިމެނޭ ލޯ އެސިޑިކް ކޮމްޕައުންޑްތަކަކީ ވެސް ގިނައިން ދާ ހިއްލުމަށް އޮތް ފަރުވާ އެކެވެ. އެގޮތުން، ދާ ހިއްލާ ތަންތަނުގައި އަލުވި ފޮއްޗެއް ހާކާލުމަށްފަހު ފިނި ފެނުން ދޮވެލާށެވެ. ނުވަތަ އަލުވީގައި ޖޫސް ގިރުމަށްފަހު ކަފަކޮޅަކުން ނުވަތަ ފޮތިކޮޅަކުން ދާ ހިއްލާ ތަންތަނުގައި މަޑުމަޑުން ހާކާލާށެވެ.

ލުނބޯ

ލުނބޮލުގައި ހިމެނޭ ސިޓްރިކް އެސިޑުގެ ސަބަބުން ޖަރާސީމުތައް ނައްތާލަދީ، ގަދަޔަށް ދާ ހިއްލުމުން އަރައިގަތުމަށް އެހީވެދެ އެވެ. އެގޮތުން ލުނބޮއެއްގެ އެއް ފަޅި ކިހިލިފަތްދޮށުގައި އުނގުޅާލުން ނުވަތަ ލުނބޯ ޖޫސްތައްޓެއްގެ ތެރެއަށް ކުޑަ ބޭކިން ސޮޑާ ކޮޅެއް އެޅުމަށްފަހު އެއްކޮށްލައި ކަފަ ކޮޅަކުން ހާކާލާށެވެ.