ކަޅު ސަޔަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ބުއިމެކެވެ. ހެނދުނު ހޭލައިގެން ގިނަ ބައެއްގެ ފުރަތަމަ ބުއިމަކަށް ވެސް ވަނީ ސައި ތަށްޓެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެއިން ލިބޭ ފައިދާތައް ގިނެގުނަ އެވެ.

ހަންގަނޑަށް ރަނގަޅު ފަރުވާއެއް

މިއީ ކަޅު ސައިން ލިބޭނެ އެންމެ ބޮޑު ފައިދާ އެވެ. ހަންގަނޑަށް ސިއްހީ އެތައް ފައިދާތަކެއް ކަޅު ސައިން ލިބިދެއެވެ. ކަޅު ސައިގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން ހަންގަނޑު ޒުވާނުންކޮށް ބަހައްޓައިދިނުމަށް އެހީތެރިވެދެ އެވެ.

އިސްތަށިގަނޑަށް ވެސް ފައިދާއެއް

ހަންގަނޑަށް ފައިދާވާ ފަަދައިން ކަޅު ސައިން އިސްތަށިގަނޑަށް ވެސް ފައިދާތަކެއް ލިބިދެއެވެ. ކަޅު ސައިން އިސްތަށިގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ.

ނާރުގެ ބަލިތަކުން ދުރުކޮށްދޭ

ކަޅު ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން ނާރުގެ ބަލިތަކުން ތިމާ ދުރުކޮށްދެއެވެ. ދުވާލެއްގެ މައްޗަށް ކެފެއިން ބޭނުންކުރާ މިންވަރުން ތިމާއަށް ނާރުގެ ބަލިތައް ޖެހުމުން ދުރުކޮށްދެ އެވެ. ދުވާލެއްގެ މައްޗަށް 421 - 2،716 މިލިގްރާމްގެ ކެފެއިން ބުއިން ރަނގަޅެވެ.

ހަޖަމުކުރުމުގެ މައްސަލަތަކުން ދުރުކޮށްދޭ

ކަޅު ސައިގައި އެކުލެވޭ "ޓަނިންސް" ނަމަކަށްކިޔާ ބާވަތެއްގެ ސަބަބުން ހަޖަމުކުރުމުގައި ދިމާވާ އުނދަގޫތަކުން ސަލާމަތްކޮށްދެ އެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަޅު ސަޔަކީ މުހިންމު ބުއިމެކެވެ.

ކެންސަރުން ދުރުކޮށްދޭ

ކަޅު ސަޔަކީ ގިނަ ކެންސަރުތަކުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. ގަވާއިދުން ކަޅު ސައި ބޯމީހުންގެ ބަނޑު، ފުއްޕާމޭ، އޯވަރީސް، އަދި އުރަމަތީގެ ކެންސަރު ޖެހުމުން ދުރުކޮށްދެ އެވެ.

ހިތުގެ ސްޓްރޯކްތަކުން ދުރުކޮށްދޭ

ކަޅު ސައިގެ ސަބަބުން ތިމާގެ ކޮލެސްޓްރޯލް ލެވެލް ރަނގަޅު ލެވެލްގައި ބަހައްޓައިދެއެެވެ. މީގެ ސަބަބުން ހިތުގެ ސްޓްރޯކް ތަކާއި އެޓޭކްސްތަކުން ދުރުކޮށްދެއެވެ.