ދިވެހިންގެ މެދުގައި ވެސް ރޭގަނޑު ކެއުމަކީ މިހާރު އާދައަކަށް ވެއްޖެ އެވެ. ދަންވަރަށް ހުޅުވާ ރެސްޓޯރެންޓުތައް ގިނަވަމުން އަންނައިރު ނިދަން ކައިރިވުމުން ކެވޭ ކެއުން ވެސް ގިނަވެ އެވެ. އެހެން ނަމަވެސް މިހެން ނިދަން ކައިރި ކޮށްފައި ކާއިރު ކާން ނުވާނެ ބާވަތްތަކެއް ހުރެ އެވެ.

ކިރު

ކިރަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އަދި ކެލްސިއަމް ލިއްބައިދޭ ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ. ނަމަވެސް ނިދުމުގެ ކުރިން ކިރު ބުއިމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ކިރުގައި ހިމެނޭ ލެކްޓޯސްގެ ސަބަބުން ބަނޑަށް އުނދަގޫވެ، މީހާ ނިއްޖާ ދުރުކޮށްލާތީ އެވެ.

ޕާސްތާ

ޕާސްތާ އަކީ ފަސޭހައިން ކައްކާ ލެވޭ އެއްޗެކެވެ. އެހެންކަމުން ރޭގަނޑު ކާގަޑީގައި ގިނަ ބަޔަކު ޕާސްތާ ޚިޔާރުކުރެ އެވެ. ޕާސްތާ އަކީ ހަށިގަނޑަށް ކާބޯހައިޑްރޭޓް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް ޕާސްތާގައި މަތީ މިންވަރަކަށް ކެލޮރީ ހިމެނޭ އިރު، އެންމެ ފަހަރަކުން ވެސް 400 ކެލޮރީ ހަށިގަނޑަށް ފޯރަ އެވެ.

ޗޮކުލެޓް

ޗޮކްލެޓުގައި ހަމައެކަނި ހުންނަނީ ހަކުރާއި ފެޓް އެއް ނޫނެވެ. ޗޮކްލެޓުގައި ކެފެއިން ވެސް މަތީ މިންވަރަކަށް ހުރެ އެވެ. ކެފެއިން އިންޓޮލެރެންޓް މީހުން ރޭގަނޑު ޗޮކްލެޓު ކެއުމަކީ، އެމީހާ ނިދިން މަހްރޫމް ކޮށްލާ ކަމެކެވެ.

މިރުސް

ރޭގަނޑު ނިދަން ކައިރިވުމުން ކުޅިކޮށް ކެއުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެއީ މޭ އަންދައި، ފާޚާނާ އަށް ދެވޭ ގޮތް ދިމާވެދާނެތީ އެވެ.