ކަނޑުމަހުގެ ބާވަތްތަކަކީ ދިވެހިންގެ މައިގަނޑު ކެއުމޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން ކަނޑުމަސް، ކަންނެލި އަދި ގޮދާ ފަދަ ބާވަތްތަކަކީ ކޮންމެ ގެއެއްގެ ސުފުރާ މަތިން ވެސް އާއްމުކޮށް ފެންނަ ބާވަތްތަކެވެ. މި ބާވަތްތަކަކީ ދިވެހިންނަށް ފަސޭހައިން ލިބުމުގެ އިތުރުން ސިއްހަތަށް ވެސް ފައިދާހުރި ބާވަތްތަކެކެވެ.
ނުރަނގަޅު ސަރުބީ ނައްތާލަދޭ
ކަނޑުމަހުގެ ބާވަތްތަކުގައި ގިނަ އަދަދަކަށް އެކުލެވޭ އޮގެގާ 3 އަކީ ހަށިގަނޑުގައި ހުންނަ ނުރަނގަޅު ސަރުބީތައް ނައްތާލަދޭން އެހީތެރިވާ މާއްދާ އެކެވެ.
ލޮލުގެ ސިއްހަތު ރަނގަޅު ކޮށްދޭ
ހަމައެއާއެކު ކަންނެލި ގޮދާ ފަދަ ބާވަތްތަކަކީ ލޮލުގެ މައި ނާރު ކަމަށްވާ ރެޓިނާގެ ބާރު ގަދަ ކޮށްދީ ލޮލުގެ ތެތްކަން އިތުރު ކޮށްދޭ ބާވަތް ތަކެކެވެ.
ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ
ކަނޑުމަހުގައި ހިމެނޭ ވިޓަމން ބީ، އޮމެގާ، ޕޮޓޭސިއަމް އަދި ދަގަނޑުގެ ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ އާއްމު ބަލިތަކުން ދުރުކޮށްދެ އެވެ.
ކެންސަރު ބަލިން ދުރުކޮށްދޭ
އޮމެގާ 3 އަކީ ކެންސަރު ފަދަ ފުރާނައަށް ނުރައްކާވާ ދާއިމީ ބަލިތަކުން ވެސް މީހާ ދުރު ކޮށްދޭ މާއްދާ އެކެވެ. އެހެން ކަމުން ދިގު މުއްދަތުގެ ސިއްހަތަށް ކަނޑުމަސް ކެއުން މުހިއްމެވެ.
ބަރުދަން ލުއި ކޮށްދޭ
ކަނޑުމަހުގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވެ އެވެ. އެހެން ކަމުން ރަނގަޅު ގޮތުގައި ބޭނުން ކޮށްފިނަމަ ބަރުދަން ލުއި ކުރަން ވެސް މި ބާވަތްތައް އެހީވެދެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
ސިދާތު އާއި ކިއާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!