ފުރަމެއަކީ ބަރުދަން ލުއިކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ހަށިގަނޑުގެ އެއް ގުނަވަނެކެވެ. އެގޮތުން މި ބުއިމަކީ ފުރަމޭގެ ސިއްހަތު ރަނގަޅުކޮށް، ތިން ދުވަހުން ބަރުދަން ލުއި ކޮށްދޭނެ ބުއިމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މި ބުއިން ޖެހިޖެހިގެން ތިން ދުވަސް ވަންދެން ދުވާލަކު ތިން ފަހަރު ބޯންވާ އެވެ. މިއީ ޑައިޓްގައި ހުންނަ އިރު ބޯން އެންމެ އެދެވިގެންވާ އަދި ފައިދާކުރަނިވި ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • 3 ލުނބޯގެ ހުތް
  • ކުދީނާ ފަތް
  • 1 އާފަލު
  • ސެލެރީގެ 5 އެތިކޮޅު
  • 6 ތަށި ފެން

ތައްޔާރު ކުރާނެ ގޮތް

ލުނބޯ ހުތާއި، ކުދީނާ ފަތާއި، އާފަލާއި އަދި ސެލެރީ މިކްސްޗަރަށް ލުމަށްފަހު މުގުރާލާށެވެ. އެއައްފަހު، ފެން އެޅުމަށްފަހު އަނެއްކާވެސް މިކްސްޗަރުން މުގުރާށެވެ.