ބޮޑުވަމުން އަންނަ ކުދިންގެ ސިކުނޑި ތަރައްގީ ވުމުގައި ކާނާއަކީ މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ރަނގަޅު ކާނާ ލިބޭނަމަ ކުދިންގެ ސިކުނޑި ތަރައްގީވެ ތޫނުފިލިވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަަދަ ބައެއް ކެއުންތަކަށެވެ.

ވޯލްނަޓް

ވޯލްނަޓް އަކީ ހިތުގެ ދުޅަހެޔޮ ކަމަށާއި އެންޓި އިންފްލެމަޓޮރީގެ އިތުރުން ފައިދާހުރި އަލްފާ އިލްނޮލެނިކް އެސިޑް އިން މުއްސަދިވެފައިވާ މަދެކެވެ. އަލްފާ އިލްނޮލެނިކް އެސިޑް ނުވަތަ އޭލެލްއޭ އަކީ ސިކުޑީގެ ދުޅަހެޔޮކަން އިތުރު ކޮށްދޭ މާއްދާ އެކެވެ. އޭގެ އިތުރުން ސިކުނޑީގައި ލޭ އަދި އޮކްސިޖަން ދައުރު ކޮށްދިނުމަށް އެހީވެދެ އެވެ.

އެވަކާޑޯ

މިއީ ވަރަށް ފައިދާ ހުރި މޭވާއެކެވެ. ވިޓަމިން ކޭ އަދި ފޮލޭޓް އެކުލެވުމުގެ ސަބަބުން ސިކުޑީގައި ލޭ ގަނޑުވުމުން ދުރުކޮށްދެ އެވެ. އަދި ވިސްނުންތޫނުކޮށްދީ ކަންކަމަށް ސަމާލުކަން ދިނުމަަށް އެހީވެދެ އެވެ. ހަމަ އެހެންމެ އެވަކާޑޯ އަކީ ފައިދާހުރި ފެޓްސް ހިމެނޭ ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމަށް އެހީވެދޭ މޭވާ އެކެވެ.

ސަލްމޮން

ސަލްމޮން ނުވަތަ ފެޓީ ފިޝް އަކީ ސިކުޑީގެ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ކާނާ އެެވެ. ސަލްމޮންގައި ގިނަ އަދަދަކަށް އޮމޭގާ 3 ގެ ފެޓީ އެސިޑް ހިމެނެ އެވެ. އޭގެ ސަބަބުން ވިސްނުމުގެ ސްޕީޑް އިތުރުކޮށްދީ ވިސްނުން ތޫނުކޮށްދެ އެވެ. ސަލްމޮން ނުކެވޭނަމަ އޮމޭގާ 3 ހިމެނޭ ކާނާ ގިނަ ކުރާށެވެ. އޭގެ ތެރޭގައި ބަރަބޯ، ފުލެކްސް ސީޑް އަދި ޗިއާ ހިމެެނެ އެވެ.