ހުކުރު ދުވަހުގެ މެންދުރު ކެއުމުގައި ކުކުޅު ނުހިމަނާ ނިންމާލުމަކީ ގިނަ ދިވެހިންނަށް ވަރަށް އުނދަގޫ ކަމެކެވެ. ކުކުޅުގެ ކޮންމެވެސް ބާވަތެއް ސުުފުރާ މަތިން ނުފެންނަ ގެއެއް މަދުވާނެ އެވެ. މިފަހަރު މިބަލާލަނީ ފަސޭހައިން ތައްޔާރު ކޮށްލެވޭ ކުކުޅުގެ ބާވަތަކަށެވެ.

ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމުސާ ކްރީމީ ޕީނަޓް ބަޓާ
  • ½ ޖޯޑު ސޯޔާ ސޯސް
  • ½ ޖޯޑު ލުނބޯ ހުތް
  • 1 މޭޒުމަތީ ސަމްސާ ބްރައުން ޝުގާ
  • 2 މޭޒުމަތީ ސަމުސާ ހަވާދު (މުސަންމާ ހަވާދު ނުވަތަ ކުކުޅު ހަވާދު)
  • 2 ލޮނުމެދު (ކޮށާފައި)
  • 1 ސައިސަމުސާ ހޮޓް ސޯސް
  • 6 ބޯންލެސް ޗިކަން ބުރެސްޓްފަޅި (ކިއުބް ކޮށް ކޮށާފައި)

ތައްޔާރު ކުރާނެގޮތް:

  1. ތަށްޓެއްގައި ޕީނަޓް ބަޓާ، ސޯޔާ ސޯސް، ލުނބޯ ހުތް، ބުރައުން ޝުގާ، ހަވާދު، ލޮނުމެދު އަދި ހޮޓް ސޯސް އެއްކުރުމަށްފަހު ކޮށާފައިހުރި ކުކުޅު ކޮޅު ވެސް އަޅާފައި މެރިނޭޓް ކުރުމަށް ފުރިޖަށް ލާށެވެ. މަދުވެގެން 2 ގަޑިއިރު މެރިނޭޓް ކުރަންވާނެއެވެ.
  2. މެރިނޭޓްކުރި ކުކުޅުތައް އިލޮށިކޮޅަކަށް އަމުނާލުމަށްފަހު، ތަވައަކަށް ކުޑަ ތެޔޮކޮޅެއް އަޅާ ހޫނު ކޮށްލާފައި ރޯފިލަންދެން ފިހެލާށެވެ.

ހިހޫވުމުން އެހެރީ ކެއުމަށް ތައްޔާރު ވެފަ އެވެ. މި ޑިޝް ބަތާއެކީގައި ކާން ވަރަށް މީރުވާނެ އެވެ.