ކުއަލަ ލަމްޕޫރް (20 ނޮވެމްބަރު) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދަށް އެ ގައުމުގެ އާއްމު އިންތިހާބުން ނާކާމިޔާބުވެ، ގާނޫނު ހަދާ މަޖިލީހުގައި މިހާރު ފުރުއްވަމުން ގެންދަވާ ގޮނޑި ގެއްލިއްޖެ އެވެ.
މެލޭޝިއާގައި އިއްޔެ ބޭއްވި އެ ގައުމުގެ އާއްމު އިންތިހާބުން މަހާތީރަށް ލިބިވަޑައިގަތް ނާކާމިޔާބީއަކީ ފާއިތުވެދިޔަ 53 އަހަރު ތެރޭގައި އޭނާއަށް ކުރިމަތިވި އެންމެ ފުރަތަމަ ނާކާމިޔާބީ އެވެ.
މިއާއެކު އުމުރުން 97 ފުރިފައިވާ މަހާތީރުގެ 70 އަހަރުގެ ދިގު ސިޔާސީ ހަޔާތް ނިމުމަކަށް އައީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޖުމްލަ 20 އަހަރު ވަންދެން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހާތީރު މިފަހަރުގެ އިންތިހާބުގައި ވާދަ ކުރެއްވީ ލަންކަވީ ސަރަހައްދުގެ މެމްބަރެއްގެ ގޮތުގަ އެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ޕާޓީއަށް ނިސްބަތްވާ މުހައްމަދު ސުހައިމީ އެވެ.
މަހާތިރު ވަނީ މި އިންތިހާބުން ނާކާމިޔާބުވެއްޖެ ނަމަ ސިޔާސީ ހަޔާތް ނިންމާލާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. -- ރޮއިޓާސް
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"
މާޗް ވެސް ނިމުނީ، ދުވަސްތައް އަވަސް ވުމުގެ ހަގީގަތް!
ހަނގުރާމައިގެ މަގްސަދުގެ ބޮޑުބައި ހާސިލްވެއްޖެ: ނަތަންޔާހޫ