މުޅި ދުނިޔޭގައި ވެސް އެވްރެޖްކޮށް ފިރިހެނުންގެ ދަރިފަނި ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުން އަންނަ ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ސައިންސްވެރިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވި 50 އަހަރުގެ ތެރޭގައި ފިރިހެނުންގެ ދަރިފަނި ނުވަތަ (ސްޕާމް ކައުންޓް) ވަނީ 62 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އެއާއެކު މިއީ ފިރިހެނުންގެ އާއްމު ސިއްހަތު ވެސް އިހުނަށްވުރެ ދަށްވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ސައިންސްވެރިންގެ ޓީމުން ފާހަގަ ކޮށްފައިވެ އެވެ.

ސަބަބެއް ކަމަށް ސައިންސްވެރިން ފާހަގަ ކޮށްފައިވަނީ ފިރިހެނުންގެ އާއްމު ސިއްހަތާއި އެމީހުންގެ ޖިންސީ ދުޅަހެޔޮ ކަމަކީ ވަރަށް ބޮަޑަށް ގުޅިފައިވާ ދެ ކަމަށް ވުމެވެ.

މި ދިރާސާގެ ނަތީޖާއަށް ބަލާއިރު ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ވިދާޅުވެ އެވެ.

އަހަރު ތަކުގެ ތެރޭގައި ފިރިހެނުންގެ ދަރިފަނި މަދުވަމުން އަންނަކަން އެނގިފައިވާއިރު މިކަމުގެ ސަބަބުތައް ހޯދުމަށް އިތުރު ދިރާސާތައް ކުރަން ޖެހެ އެވެ.

އެހެން ނަމަވެސް ސިއްހަތަށް ގެއްލުންހުރި އާދަތައް ގެންގުޅުމާއި ކެއިންބުއިމުގައި ފަރުވާ ކުޑަ ކުރުމަކީ މިކަމަށް މެދުވެރިވާނެ ކަންކަން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.