ޑައިޓުކުރާ މީހުންގެ މެދުގައި އެންމެ ބޮޑު ޝަކުވާ އަކަށް ވެފައި އޮންނަނީ ކާނާ ތައްޔާރު ކުރަން އުނދަގޫ ވުމެވެ. އެކަމަށް ގިނަ ވަގުތުތަކެއް ހޭދަ ވުމެވެ. އެފަދަ ފަރާތްތަކަށް ޑައިޓުގައި ވަރަށް ފަސޭހައިން ހިމަނާލެވިދާނެ ކެއުންތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

ޕާން

ހެނދުނުގެ ނާސްތާގައި ފާރޮށި ނުވަތަ ބުރައުން ބުރެޑް ބޭނުންކުރާށެވެ. އަދި ދުވަހުން ދުވަހަށް ކެއުމުގެ މިންވަރު މަދު ކުރަމުން ގެންދާށެވެ.

ޖޫސް

ފެކެޓް ކޮށްފައި ހުންނަ ތައްޔާރީ ޖޫހުގެ އިތުރުން އެނާޖީ ޑްރިންކްސް ބޭނުންކުރުން ހުއްޓާލާށެވެ. އަދި ގުދުރަތީ މޭވާއެއް ބޭނުންކޮށްގެން ޖޫސް ގިރާލާށެވެ.

ޑާކް ޗޮކްލެޓް

ޑައިޓް ކުރާއިރު ޗޮކްލެޓް ކެއުން ހުއްޓާލާކަން ނުޖެހެ އެވެ. އެކަމަކު ޗޮކްލެޓްގެ ތެރެއިން ވެސް ޑާކް ޗޮކްލެޓް ޑައިޓްގައި ހިމަނާލާށެވެ.

ބަދަން

ބަދަނަކީ އޭގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ ބާވަތްތަކެވެ. އެހެން ކަމުން އަނގަ މަޖަލަކަށް އެއްޗެއް ކާން ބޭނުންނަމަ ޕީނަޓް، ކެޝޫ ނުވަތަ އަލްމަންޑްސް ކޮޅެއް ޚިޔާރު ކުރާށެވެ.