ކުރުނބަލަކީ ދިވެހިން އެކި ކަންކަމުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަށް ހަށިގަނޑަށް އެއިން ގިނަ ފައިދާ ލިބޭ މޭވާ އެކެވެ.

އެގޮތުން ހަންގަނޑު ރީތި ކުުރުމަށް ކުރުނބާ ފެން ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ހަންގަނޑު ސާފު ކުރުމަށާއި ހަންގަނޑުގައި ހުންނަށް ލައްތައް ނުވަތަ ކަޅުވެފައި ހުންނަށް ތަންތަން ސާފު ކުރުމަށް ކުރުނބާފެން ހަންގަނޑުގައި ހޭކިދާނެ އެވެ. މީގެ އިތުުރުން ހަންގަނޑުގައި ރޫޖެހުމާއި ތެޔޮވުމުން ދުރުކޮށްދިނުމަށް ވެސް ކުރުނބާ ފެނަކީ ރަނގަޅު އެއްޗެކެވެ.

ހަންގަނޑު ރީތިކޮށްދިނުމުގެ އިތުރުންވެސް ކިޑްނީގައި ހިލައުފެދުން ދުރުކޮށްދިނުމަށްވެސް ކުރުނބާ ފެނަކީ މޮޅު ބޭހެކެވެ. އެގޮތުން ފެން ބުއިމުން ހިލަ އުފެދުން ދުުރުކޮށްދީ ކިޑްނީ އިތުރަށް ދުޅަހެޔޮކޮށްދެ އެވެ.

ލޭމައްޗަށް ދާ މީހުންނަށްވެސް މިއީ ފައިދާ ހުރި އެއްޗެކެޗެ. ކުރުނބާ ފެނުގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ޕޮޓޭސިއަމް އަދި މެގްނީސިއަމް ހިމެނެ އެވެ. އެގޮތުން ޕޮޓޭސިއަމް ގެ ސަބަބުން ލޭމައްޗަށްދާ މިންވަރު އަދި ހާސްވާ މިންވަރު ދަށްކޮށްދެ އެވެ.

ކުރުނބާއަކީ ދިވެހިންނަށް ފަސޭހައިން ލިބޭ އެއްޗަކަށް ވެފައި މިފަދަ ފައިދާތަކެއް ލިބޭއިރު އެ ބޭނުން ނުކޮށް ދޫކޮށްލާނެ ކަމެއް ނެތެވެ.