ޗީޒްއަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. ކޮންމެ ކަހަލަ ކެއުމަކާ އެކުގައި ނަމަވެސް އެއަށް ޗީޒް އިތުރު ކޮށްލުމުން ދޭ ރަހަވެސް ފުރިހަމަވެ އެވެ. އެކަމަކު އެއީ ސިއްހަތަށް ރަނގަޅު އެއްޗެއްތޯ ސުވާލު އުފެދެ އެވެ.

ޗީޒް އަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. އެހެންމަވެސް އެއަށް ކަނޑައެޅިފައިވާ މިންވަރަށް ކެއުމުގައި ހިމަނާނަމަ އެވެ. ކޮންމެ ބާވަތެއްގެ ކާނާއަކީ ވެސް ކިތަންމެ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމަށް ވިޔަސް ކާން ވާވަރަށް ވުރެ ގިނައިން ކެއުމުން ސިއްހަތަށް ގެއްލުންވާނެ އެއްޗެކެވެ.

ޗީޒްއަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން މުހިއްމު ނިއުޓްރިއެންޓްތަކެއް ހިމެނޭއިރު ކެލްސިއަމް، ޕްރޮޓީން ވިޓަމިން ބީ12 އަދި ޒިންކް ހިމެނެ އެވެ. އެކަމަކު މާ ގިނައިން ޗީޒް ބޭނުން ކުރަން ފަށައިިފިނަމަ ވަރަށް އަވަހަށް ކެލަރީޒް ވެސް ގިނަކޮށްލަ އެވެ.

އެކަޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސްއިން ވަނީ މަޑުކޮށް ހުންނަ ޗީޒް ގައި ކެލޮރީ ހުންނަނީ މަދުން ކަމަށް ބުނެފަ އެވެ. އެގޮތުން ގާތްގަނޑަކަށް 2 މޭޒުމަތީ ސަމުސާގެ ހޯލް މިލްކުގައި 50 ކެލެރީ، މޮޒޮރެއްލާގައި 85 ގްރާމް ކެލޮރީ، ސްވިސް ޗީޒްގައި 108 ގްރާމް އަދި ޗެޑާ ޗީޒް ގައި 114 ގްރަމް ކެލޮރީ ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެންމެ މަދުން ފެޓް ހިމެނެނީ ކޮޓޭޖް ޗީޒްގަ އެވެ. އެއީ ކޮންމެ ސަމްސަލެއްގައި 1 ގްރާމެވެ.

އެހެން ކަމުން ކެއުމުގައި ޗީޒް ވަކި މިންވަރެެއްގައި ހިފެހެއްޓުމަކީ އެއިން ސިއްހަތަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.