އާއްމުން ކެއުމަށް ބޭނުންކުރާ މިންގަނޑަށް ނުފެތޭ ގިނަ އަދަދެއްގެ ފުށް ބަސްތަކާތަކެއް އެސްޓީއޯ އިން ކ. ތިލަފުށީ ގޮނޑަށް އުކާލައިފި އެވެ.
އެސްޓީއޯއިން ގޮނޑަށް އުކާލި ފުށް ބަސްތާތަކެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެކަމާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު ވިދާޅުވީ ވިދާޅުވީ ކާބޯތަކެތި ވިއްކުމުގައި އެންމެ އިސްކަމެއްދެނީ ކާބޯތަކެތީގެ ރައްކާތެރި ކަމަށް ކަމަށާއި، ރައްކާތެރި ނޫން ކާބޯތަކެތި އެސްޓީއޯއިން ނުވިއްކާނެ ކަމަށެވެ.
"އަޅުގަނޑުމެން ނުވިއްކާނަން އާއްމުން ކެއުމަށް ކަމުނުދާ ތަކެއްޗެއް. އެހެންވެ އެކަން ޔަގީންކުރަން އަބަދުވެސް އެމްއެފްޑީއޭ އިން ގުދަންތަކުގައި ހުންނަ ކާޑުގެ ބާވަތްތައް ޗެކްކުރާނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ފުށަކީ ކާޑުގެ އެހެން ބާވަތްތަކަށް ވުރެ އަވަހަށް ރޯލުކުރަން ޖެހޭ ބާވަތެއް ކަމަށެވެ. އަދި ނުވި ހުންނަ ފުށް ބަސްތާތަކުގެ ތެރެއިން މިންގަނޑަށް ނުފެތޭ ގިނަ އަދަދެއްގެ ބަސްތާ މީގެ ކުރިން ވެސް އުކާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަލަށް ކުރާ ކަމެއް ވެސް ނޫން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ގަނޑުވެފައި ހުންނަ ނުވަތަ ފަނި އަޅާފައި ހުންނަ ފުށް ބަސްތާ އާއްމުންނަށް ކާން ވިއްކަން،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ބާވަތްތައް އެތެރެކޮށް ވިއްކަނީ އެސްޓީއޯ އިންނެވެ. އަދި އާއްމުންނަށް އަގުހެޔޮކޮށް ވިއްކަން ސަރުކާރުން ސަބްސިޑީގެ ގޮތުގައި ބޮޑު އަދަދެއްގެ ހޭދަކުރެ އެވެ.
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
ހޯރަފުށީގައި ކުދިންތަކެއް މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ