މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދުނިޔޭގެ އެކި ލީގުތަކުގައި ކުޅޭ އެކި ފަންތީގެ ކުޅުންތެރިން ހިމެނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އޭގެ ތެރެއިން އެންމެ ގިނައިން އާމްދަނީ ލިބޭ ކުޅުންތެރިންނަށެވެ.

ކައިލިއަން އެމްބާއްޕޭ

ކައިލިއަން އެމްބާއްޕޭ

މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އުމުރުން 23 އަހަރުގެ ކައިލިއަން އެމްބާއްޕޭ އެވެ. ފްރާންސް ޓީމުގެ މުހިއްމު ދައުރެއް އަދާކުރާ މި ކުޅުންތެރިޔާއަށް މި ސީޒަންގައި 128 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭއިރު އެންޑޯޒްމަންޓްތަކުގެ ގޮތުގައި 18 މިލިއަން ޑޮލަރު ލިބޭނެ ކަަމަށް ލަފާ ކުރެވެ އެވެ.

ލައޮނަލް މެސީ

ލައޮނަލް މެސީ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ލައޮނަލް މެސީއަށް އޭނާގެ ޓީމުން ލިބޭ އާމްދަނީއާއި އެންޑޯޑްމަންޓްތަކާއެކު 128 މިލިއަން ޑޮލަރު ލިބޭ ކަމަށް ބުނެވެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

މެސީއާ އެންމެ ގާތުން ވާދަކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ސީޒަނުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވެނޭ 100 މިލިއަން ޑޮލަރެވެ. އެއީ ކުޅުމުގެ ތެރެއިން 40 މިލިއަން ޑޮލަރާއި އެހެނިހެން ގޮތް ގޮތުން 60 މިލިއަން ޑޮލަރެވެ.

ނޭމާ ޖޫނިއާ

ނޭމާ ޖޫނިއާ

ބްރެޒިލްގެ ފޯވާޑް ލައިނުން މިހާރު ވިދަމުން އަންނަ ނޭމާ ޖޫނިއާއަށް ލިބިފައިވަނީ މި ލިސްޓުގެ ހަތަރުވަނަ އެވެ. އެގޮތުން ކުޅުމުގެ ތެރެއިން 55 މިލިއަން ޑޮލަރު ލިބޭއިރު އެހެނިހެން ގޮތްގޮތުން 32 މިލިއަން ޑޮލަރާއެކު ޖުމްލަ 88 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ރޮބާޓް ލެވަންޑޮސްކީ

އުމުރުން 34 އަހަރުގެ ޕޮލެންޑްއަށް ނިސްބަތްވާ ރޮބާޓް ލެވަންޑޮސްކީއަށް ލިސްޓުގެ ފަސްވަނަ ލިބެނީ ޖުމްލަ 35 މިލިއަން ޑޮލަރާއެކީގަ އެވެ. އޭގެ ތެރޭގައި ޓީމުން އޭނާއަށް ލިބޭ އާމްދަނީއާއި އެންޑޯޒްމަންޓްތައް ވެސް ހިމެނެ އެވެ.