ބޮލީވުޑްގެ އެކްޓަރު އަބިޝޭކް ބަޗަން އާއި އައިޝްވާރިޔާ ރާއީގެ ހުރި ހަމަ އެކަނި ދަރިފުޅު އާރާދްޔާ މާ ޅަކޮށްގެން ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އައިޝްވާރިޔާ އަށް ފާޑުކިޔައިފި އެވެ.

1994 ވަނަ އަހަރުގެ މިސްވޯޑް ޓައިޓަލް ކާމިޔާބު ކޮށްފައިވާ ބަތަލާ އައިޝްވާރިޔާއަށް މީހުން ފާޑުކިޔާފައިވަނީ އުމުރުން 11 އަހަރުގެ އަރަދްޔާ ބަޗަން އައިޝްވާރިޔާ "މާބޮޑަށް ޅަކޮށްގެން" ގެންގުޅޭތީ އެވެ.

ދަރިފުޅު އަތުގައި ހިފައިގެން އައިޝްވަރްޔާ ހޮނިހިރު ދުވަހު ދިޔައީ، ރިތޭޝް ދޭޝްމުކް އާއި ޖެނެލިއާގެ ފިރިހެން ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީ އެވެ. އެކުއްޖާ އަތުހިފައިގެން ދިއުމުން ފާޑުކިޔާ މީހުން ބުނެފައިވަނީ ކޮންމެވެސް މިންވަރެއްގެ މިނިވަންކަމެއް އޭނާގެ ދަރިފުޅަށް މިހާރު ލިބެންޖެހޭނެކަމަށެވެ.

މިޔަށް ރައްދު ދީ އެއްބަޔަކު ބުނީ އެމީހެއްގެ ދަރިއަކު ގެންގުޅޭނެ ގޮތް އެނގޭނީ އެމީހަކަށް ކަމަށާއި 11 އަހަރު ވުމަކީ ކުއްޖަކު ބޮޑުވެ އަމިއްލައަށް ދޫކޮށްލަން ޖެހޭ އުމުރު ނޫން ކަމަށެވެ.

އަބިޝޭކް ބަޗަން އާއި އައިޝްވާރިޔާ ރާއީ އަދި އާރާދްޔާ

އައިޝްވާރިއާ ވަނީ އިންޑިއާގެ ސުޕަ ސްޓާ އަމީތާބް ބަޗަންގެ ދަރިފުޅު އަބީޝޭކް ބަޗަން އާއި 2007 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އަބީޝޭކް އާއި އައިޝްވާރިއާ ވަނީ ދާދިފަހުން އެމީހުންގެ ދަރިފުޅު އަރަދްޔާގެ 11 ވަަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.