ގއ. އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ބިން ހެލުމެއް އަތުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ދަންވަރު ގއ. ބައެއް ރަށްތަކަށް ބިން ގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓަކެއް ލިބުނު ކަމަށެވެ. އަދި އެ ރިޕޯޓްތައް ލިބުމާ ގުޅިގެން ގދ. ކާޑެއްދޫގައި ހުންނަ ބިން ހެލުން ރެކޯޑްކުރާ މީޓަރަށް މިރޭ ދަންވަރު 12:11 ގައި "ލޮޅުމެއް" އައިކަން ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

"މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ،" އެ އޮފީހުން ބުންޏެވެ.

މި ބިން ހެލުމުގެ އަސަރުކުރީ ކިހާ މިންވަރަކަށް ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ.

ރާއްޖެއާ ކައިރި ސަރަހައްދުތަކަށް ބިން ހެލުމުގެ އަސަރުކުރި ދޭތެރެ ދޭތެރެއިން ކުރި ނަމަވެސް ރާއްޖެއަށް ވަރަށް މަދުން ނޫނީ ނުކުރެ އެވެ.