ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާއި ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހުގެ ތަޢުޒިޔާގެ މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާއި ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައިވެ އެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންއަކީ ދުރު ވިސްނުމާއެކު އެ ގައުމުގެ ރައްޔިތުންނަށް އިޖްތިމާޢީ އަދި އިގްތިސާދީ ފުދުންތެރިކަން ހޯއްދަވައިދެއްވުމަށް އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ޗައިނާއަކީ ފާހަގަކޮށްލެވޭފަދަ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ހެދުމަަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއްގެ ގޮތުގައި ހަނދާންކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި، މި ހިތާމައިގެ މިދަނޑިވަޅުގައި ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ އާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.