ބޮޑު ޑިސްކައުންޓް ލިބޭ "އެކުލަ މިކުލަ" ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 29ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގަ އެވެ. މީގެ އިތުރުން އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ލ ފޮނަދޫ ފިހާރާގައި ވެސް މި ޕްރޮމޯޝަން ކުރިޔަށްދާނެ އެވެ.
އެކުލަ މިކުލަ ޕްރޮމޯޝަންގައި ނިޕޯންގެ ކޮންމެ އުފެއްދުމަކުން 8 ޕަސެންޓާއި ދިހަ ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ނިޕޯންގެ އުފެއްދުން ގަނެގެން ކުރާ ކޮންމެ ވިޔަފާރިއަކާއެކު ދިހަ ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ކޫޕަނެއް ލިބޭނެ އެވެ. އަދި އޭގެ ފަހުން ކުރާ ވިޔަފާރިއަކަށް މި ކޫޕަން ބޭނުންކުރެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.
އެމްޕީއެލްގެ އެމްޑީ ރިޝްވާން އިސްތިއުފާދެއްވައިފި
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މާދަމާ ގޮތް ނިންމާނެ: ޓްރަމްޕް