ކާއެއްޗެހި ފިނިކޮށްފައި ބެހެއްޓުމަކީ އެ ތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓޭނެ އެންމެ ރަނގަޅު އެއް ގޮތެވެ. އެހެން ނަމަވެސް ބައެއް ބާވަތްތައް އައިސް އަލަމާރިއަށް ލާފައި ގިނައިރު ބެހެއްްޓުމަކީ އޭގެ ތާޒާކަމާއި ތާސީރުކަން ގެއްލޭ ކަމެކެވެ.

ޕާން

ޕާނަކީ ވަރަށް އަވަހަށް ބޭނުންކޮށްފައި ހުސްކޮށްލަން ޖެހޭ އެއްޗެކެވެ. އެކަމަކު ޕާން ރައްކާކުރުމަށް އައިސް އަލަމާރިއަށް ލައިގެން ފައިދާއެއް ނުވާނެ އެވެ. އައިސް އަލަމާރިއަށް ލުމުން ޕާނުގެ އަސްލު އެއްކޮށް ބަދަލުވެ އެވެ. އޭގެ ސަބަބުން ޕާން ހަރުވެ، ފުނޑުފުނޑުވުން އެކަށީގެންވެ އެވެ.

މާމުއި

މާމުޔަކީ އަމިއްލަ ޒާތުގައި ގިނަ ދުވަސްވަންދެން ފިނިކޮށް ހުންނަ އެއްޗެކެވެ. މާމުއި ފްރިޖަށް ލުމުން އޭގައި ހުންނަ ގުދުރަތީ ހަކުރުގެ ބާވަތްތައް ގަނޑުވެ، ކްރިސްޓަލައިޒް ވާން މެދުވެރިވެ އެވެ.

ލޮނުމެދު

މާ ގިނައިން ވައިގެ ތެތްކަން ލިބި ފިނިވުމުގެ ސަބަބުން ލޮނުމެދު ވަރަށް އަވަހަށް ހަލާކުވެ އެވެ. އެކަމަކު ލޮނުމެދުގެ ތޮށި ފިލުވާފައި، ވަކިކޮށް ތައްޓަކަށް އަޅައި ބަންދުކޮށްފައި އައިސް އަލަމާރިއަށް ލައިފި ނަމަ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ އެވެ.