އަހަރުމެންގެ ތެރެއިން ގިނަ މީހުން މޫދަށް އެރެނީ އާއިލާއާއެކު މަޖާކޮށްލައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށެވެ. ކަސްރަތުގެ ބޭނުމުގައި މޫދަށް އެރޭ މީހުން އުޅުނު ނަމަވެސް ނިސްބަތުން މަދެވެ. މޫދަށް އެރުމަކީ ސިއްހީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ.

ހަންގަނޑު ރީތިކޮށްދޭ

އެންޓިވައިރަލް އަދި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސްއާއި އަޔޮޑިން އަދި ސޯޑިއަމް އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން މޫދު ލޮނުން ހަށިގަނޑުގެ ފާރުތައް ފަސޭހަ ކޮށްދެއެވެ. މޫދު ހަންގަނޑު އިތުރަށް ވަރުގަދަކޮށްދީ ޒުވާންކަން މަތީ ހުރުމަށް އެހީތެރިވެދެ އެވެ. އެކްޒީމާ ފަދަ ހަމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް މޫދު ލޮނަކީ ފަރުވާއެކެވެ.

ސްޓްރެސް ދަށްކޮށްދޭ

މޫދު ލޮނުގައި މެގްނީޒިއަމް މިންވަރު މަތިވުމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް އަރާމު ކުރުވާ އަސަރެއް ކުރެ އެވެ. ނަތީޖާއަކީ ހަށިގަނޑަށް ހިތްހަމަޖެހުން ލިބި، ހަށިގަނޑު އިތުރަށް "ރިލޭކްސް" ވުމެވެ. މޫދު ލޮނު ބޮލުގައި ޖެހުމަކީ ސިކުނޑީގެ ބުރަހެލިކަން ވެސް ދުރުކޮށްދޭ ކަމެކެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

މޫދަށް އެރުމުން ހަށިގަނޑުގައި ހުންނަ ރެޑް ބްލަޑް ސެލްސް ފަސް ޕަސެންޓާއި 20 ޕަސަންޓަށް އިތުރުކޮށްދެއެވެ. އަދި ވައިޓް ބްލަޑް ސެލްސް ހުންނަ މިންވަރު ވެސް އިތުރަށް ކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން ދިފާއީ ނިޒާމް ވަރުގަދަވެ އާއްމު ބަލިތަކުން ދުރުވެ އެވެ.

ރިހުންތައް ފިލުވައިދޭ

މޫދު ލޮނުގަނޑުގެ ފަށަލައިގައި އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީސް ހުރުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ތަދުވުމާއި އާތްރައިޓިސް އަދި ޕޯސްޓް-ސާޖިކަލްތަކާ ގުޅިފައިވާ ވޭންތައް ލުއި ކުރުމަށް އެހީތެރިވެދެ އެވެ. ހުޅުތަކުގައި ރިއްސުމާއި ބުރަކަށީގައި ރިހުމަށް މޫދު ލޮނުން ލުއި ލިބެ އެވެ.