އަބަދުވެސް ހުންނަނީ ވަރުބަލިވެފަ އެވެ. ކިތަންމެ ވަރަކަށް ނިދިއަސް ނުވަތަ ކެއަސް ވަރުބަލިކަމެއް ނުފިލަ އެވެ. މިހެން ދިމާވާ ބައިވަރު ސަބަބުތައް ހުރެދާނެ އެވެ. އޭގެ ތެރެއިން ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ކާބްސް މަދުވުން

ކެއުމުގައި ކާބްސް ބޭނުން ކުރާ މިންވަރު އިތުރު ކޮށްލާށެވެ. ހެނދުނުގެ ސައި ނުބޮއެ ދޫކޮށްލާ ނަމަ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. އޭގެ ބަދަލުގައި އޯޓްސްމީލް އެއް ބޭނުން ކޮށްލުން ރަނގަޅުވާނެ އެވެ. އެއިން ހަށިގަނޑަށް ލިބެންވާ ގިނަ މާއްދާތަކެއް ލިބި ވަރުބަލިކަން އިހުސާސްވުން ކުޑަކޮށްދޭނެ އެވެ.

ހުސްބަނޑާ ކަސްރަތު ކުރުން

ޖިމަށް ދާއިރު ނުވަތަ ދުވަން ދާއިރު ހެނދުނުގެ ސައި ނުބޮއެ ގޮސްގެން ހަށިގަނޑަށް ލިބޭނީ އިތުރު ގެއްލުމެކެވެ. އެއީ ހަށިގަނޑަށް ދެވޭ އަނިޔާއެކެވެ. އިތުރަށް ވަރުބަލި ކޮށްލަ އެވެ. އޭގެ އިތުރުން ވެސް ކަސްރަތުގެ ތެެރެއިން ވެސް ސިއްހަތަށް ފައިދާހުރި ބުއިމެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ދަގަނޑުގެ ބައި މަދުވުން

ކެއުމުގައި ދަގަނޑުގެ ބައި މާ ބޮޑަށް ދަށްކޮށްލުމުން ވެސް ވަރުބަލިވުމަށް މަގުފަހިވެ އެވެ. އަދި ލޭމަދުވުން ފަދަ ކަންކަން ކުރިމަތި ވާނެ އެވެ. ލޭ މަދުވުމަކީ ކިތަންމެ ކުޑަ ކަމެއް ކުރި ނަމަވެސް މީހާ ވަރަށް އަވަހަށް ވަރުބަލި ކޮށްލާ ކަމެކެވެ.