ކިޑްނީގެ މައްސަލަ ތަކަކީ ގިނަ ބަޔަކަަށް ދިމާވެފައިވާ ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ. ކިޑްނީ ފެއިލްވުން ނުވަތަ ހިލަ އުފެދުން މިއީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭނެކެވެ.

ކިޑްނީ އަކީ ހަށިގަނޑުގެ މުހިއްމު ގުނަ ވަނަކަށް ވާއިރު ފަރުވާކުޑަ ނުކޮށް ފައިދާ ހުރި ކާނާ ގަވައިދުން ބޭނުން ކުރާނަަމަ ފަސޭހަކާމާއި އެކު ކިޑްނީއަށް ދިމަވާ މައްސަލަ ތަކުން ދުރުވެވިދާނެ އެވެ.

ކިޑްނީގެ މައްސަލަތަައް ތިމާއަށް ނޭނގި ނަމަވެސް ކުރެވޭ ކުދި ކުދި ކަންކަމުންވެސް ދިމާވެދާނެ އެވެ. އެގޮތުން ކުޑަ ކަމުދާން ޖެހިއްޖެ ނަމަ ނުގޮސް ގިނަ އިރު ކުރުމާއި މާ ގިނައިން އެނާޖީ ޑްރިންކް ބޭނުން ކުރުން ހިމެނެ އެވެ.

އަދި މާ ގިނައިން ބޭހުގެ ގޮތުގައި ޕެއިން ކިލާ ބޭނުން ކުުރުމާއި ތައްޔާރީ ކާނާގެ ތެރެއިން ގިނައިން ޕޮޓޭސިއަމް ހިމެނޭ ކާނާ ބޭނުން ކުރުމަކީ ވެސް ކިޑްނީގެ މައްސަލަތައް ދިމާވާން މަގުފައިވާ ކަންކަމެވެ. މިފަދަ ތަކެތިން ގިނައިން ބޭނުން ކުރުމުން ދުރުވުމަކީ ކިޑްނީގެ މައްސަލަތަށް ދުރުކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.

ކިޑްނީގެ މައްސަލަތަކުން ދުުރުކޮށްދޭ ބައެއް ކަނާ

ކްރޭންބެރީ

ކްރޭންބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، އެންޓި އޮކްސިޑެންޓް އަދި ފައިބާ ހިމެނެ އެވެ. އޭގެ އިތުރުން ކޭންބެރީއަކީ ހަކުރު ހިމެނޭ މިންވަރު މަދު މޭވާ އެކެވެ. އަދި އެއީ ކިޑްނީގައި ހިމެނޭ ޖަރާސީމާއި ބްލެޑާގެ ޖަރާސީމުތައް މަދުކޮށްދިނުމަށް އެހީ ވެދޭ މެވާ އެއް ވެސްމެ އެވެ.

ކެބެޖް

ކެބެޖަކީ ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6 އަދި ފައިބާ ހިމެނޭ ތަރުކާރީ އެކެެވެ. ކިޑްނީއަށް ފައިދާ ހުރި ކާނާ ތެރޭގައި ކެބެޖް ހިމެނެނީ ކެބެޖަކީ ޕޮޓޭސިއަމް ހިމެނޭ މިންވަރު މަދު ކަނާ އަކަށް ވާތީ އެވެ.