ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އީދު، ފީފާ ވޯލްޑް ކަޕް ގަތަރު ފަދަ ހަރުކަށި ގާނޫނުތަކެއް ތަންފީޒުކުރާ ގައުމެއްގައި ބޭއްވުމާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
އެގޮތުން އެއް ޖިންސުން ގުޅުން ހިންގުމަށް ބާރުދޭ ކަންކަންކުރުމާއި ރާ ވިއްކުން ފަދަ ކަންކަމަކީ އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރުގެ ވޯލްޑް ކަޕްގައި ނުފެންނަ މަންޒަރުތަކެވެ.
އެހެން ނަމަވެސް މި ފިޔަވަޅުތަކަކީ އެންމެންނަށް ވެސް ފައިދާ ކުރުވާ ފިޔަވަޅުތަކެކެވެ. އެގޮތުން ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ މެޗުތައް ބަލަން ދާ އަންހެން ސަޕޯޓަރުންނަށް ރައްކާތެރި އިވެންޓެއް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މީގެ ކުރިން ވޯލްޑް ކަޕް ބޭއްވުނު ގައުމުތަކުގައި މެޗު ކުރިއަށްދާއިރު އާއްމުކޮށް ރާވިއްކަން ހުރެ އެވެ. ނަތީޖާއަކަށް ވަނީ ރަލުގެ އަސަރުގައި މެޗުން ބަލަން ގޮސް ތިބޭ އަންހެނުންނާ ފޮށި، ޖިންސީ ފުރައްސާރަކުރުމެވެ.
އެއާ ޚިލާފަށް ގަތަރުގައި މެޗުތައް ކުރިއަށްދާ ވަގުތު ރާ ލިބެން ނުހުންނާތީ މިފަދަ ކުށްތައް ރިޕޯޓުކުރެވޭ މިންވަރު ދަށް ކަމަށް ހަބަރުތައް ބުނެ އެވެ.
ވޯލްޑް ކަޕް ބަލަން ދަތުރުކުރި ބައެއް އަންހެން ސަޕޯޓަރުން ވެސް ވަނީ އެކަން ފާހަގަކޮށް ގަތަރުގެ އިންތިޒާމުތައް ވަރަށް ރައްކާތެރި ކަމަށް ބުނެފަ އެވެ.
މިކަންކަމާއެކު ވެސް ގަތަރުގެ ހަރުކަށި ގަވާއިދުތަކުގެ ސަބަބުން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ އެގައުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.