ހައި ކޯޓުގެ މުޅި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ ކޯޓުގެ ބެންޗުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ހައިކޯޓުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު ފުރަތަމަ ފަހަރަށް ހައިކޯޓުގައި އެންމެ ފަނޑިޔާރަކު މައްސަލައެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
އިޖުރައާތުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތައް އެންމެ ފަނޑިޔާރަކު އިންނަވައިގެން ހައި ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ކުރިއަށް ގެންދެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
އެ ޝަރީއަތަކީ ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން އިސްތިއުނާފްކޮށްފައިވާ މައްސަލައެކެވެ.
ހައި ކޯޓު އުފެދުނު ފަހުން މިއަދާ ހަމައަށް އެއްވެސް މައްސަލައެއްގައި ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ނެތް ހާލަތެއްގައި އެއްވެސް ޝަރީއަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
ތަރާވީހް ނަމާދަށް 50،000 އަށްވުރެ ގިނަ މީހުން އަގްސާ މިސްކިތަށް
ރޯދަ ވީއްލާއިރު ކެއުން ގެންގުޅެން ޖެހޭނީ ކިހިނެއް؟