ލޯ ކައިރީގައި ރޫ އުފެދުމަށް މެދުވެރިވާ އެކި ސަބަބުތައް ހުރެ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވުމާއި ބައެއް ބަލިތަކާއި ކަންކަމާ ވިސްނުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ނުކެވުން ފަދަ ސަބަބުތައް ހިމެނެ އެވެ.

ލޯ ކައިރީގައި ހުންނަ ރޫތައް ފިލުވަށް ބާޒާރުގައި އެކި ކަހަލަ ތަކެތި ހުރެ އެވެ. އަދި އެ ތަކެތި ހަންގަނޑާ ނުގުޅި އިތުރަށް ގޯސްވާ ތަންވެސް ފެނެ އެވެ. މިއީ ގުދުރަތީ ތަކެތި ބޭނުން ކޮށްގެން މިކަމަށް ގޭގައި ދެވިދާނެ ފަރުވާ އެކެވެ.

ކިރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އެގޮތުން ކިރުގެ އެންމެ އޮލަ ބަޔަކީވެސް އެހާމެ ބޭނުންތެރި އެއްޗެކެވެ. ކިރު ތައްޓެއްހާ ކިރު މަޑު ގިނީގައި އޮލަ ވަންދެން ސަރަފޯސް ޖަހައިގެން ކައްކާށެވެ. އޮލަވި ކިރުފޮދު ހިހޫ ވުމުން ލޯކައިރީގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. ހިކުމުން ސާފު ފެނުން މޫނު ދޮވެލާނީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ހާކާލާށެވެ. މިއީ އަލަމާރީގައި ފަސް ދުވަސް ވަންދެން ރައްކާ ކުރެވޭނެ އެއްޗެކެވެ.

މާމުއާއި ލުނބޯއަކީ އެކި ކަންކަމަށް ހަންގަނޑަށް ރަނގަޅު އެއްޗެކެވެ. ހަމަ އެހެންމެ މާމުތާއި ލުނބޯ އެއްކޮށް ބޭނުން ކުރުމުން ލިބޭ ފައިދާ ގިނަ އެވެ. އެއް ސަމުސާ މާމުޔަށް ދެ ތިކި ލުނބޯ އަޅާށެވެ. ލުނބޯ އަޅާ މިންވަރު މަދީ ލުނބޮލަކީ އެސިޑިކް އެއްޗަކަށް ވެފައި ލޯ ކައިރީގެ ހަންގަނޑު ނާޒުކު ވީމަ އެވެ. ލޯ ކައިރީގައި ހޭކައި 15 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ގޮތަށް ކޮންމެ ދުވަހަކު ކަންތައް ކޮށްލުމުން ހަފްތާއެއްގެ ތެރޭގައި ތަފާތު ފެންނާނެ އެވެ.

ހަށިގަނޑަށް ފައިދާ ހުރި މަދު ތަކުގެ ތެރެއިން އަލްމަންޑް އަކީ އެންމެ ކުރީ ސަފުގައި އުޅޭ ވައްތަރުގެ މަދެކެވެ. އަލްމަންޑް ތެޔޮ ނުވަތަ އަލްމަންޑް ކިރަކީ ވެސް ބާޒާރުގައި އަލިފާން ސުފީޑްގައި ވިކޭ އެއްޗެކެވެ. އަލްމަންޑް ގައި އެކުލެވޭ ވިޓަމިން އީ ގެ ސަބަބުން މޫނުގައި ހުންނަ ރޫތައް ފިލުވާލައި މޫނު އޮމާން ކޮށްލަ އެވެ. ހޫނު ކިރު ކޮޅަަކަށް އަލްމަންޑް އަޅާ އަލްމަންޑްތައް މަޑުވުމުން ހިމުން ޕޭސްޓް އަކަށް ވާންދެން މިކްސްޗަރުން މުގުރާ ލާށެވެ. ލޯ ކައިރީގައި އަދި މޫނުގައި ހޭކުމަށްފަހު ގަޑިއެއްހާ އިރު ވަންދެން ބަހައްޓާލާށެވެ. އަދި ނިދުމުގެ ކުރިން އަލްމަންޑް ތެލުން މޫނު މަސާޖް ކޮށްލުމުން ވެސް މޫނު އުޖާލާވެ އެވެ.