ބޮލީވުޑް ތަރި ޝާހުރުކް ހާން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އާއި ދީޕިކާ ޕަޑުކޯން އެންމެ ފަހުން ފެނިގެން ދިޔަ ލަވައަކީ އެކްޝަން ތުރިލާ ފިލްމު "ޕަތާން" ގެ "ބޭޝަރަމް ރަންގް" އެވެ.

އެލަވަ އާންމުން ސިފަކޮށްފައި ވަނީ ޝާހްރުކާއި ދީޕިކާގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ފެންނަ ހިތްގައިމު ލަވައެއް ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ، ލަވައިގައި ކުރިން ދީޕިކާގެ ފަރާތުން ފެނިގެންދާ "ޖާދޫ" މިހާރު ފެނިގެން ނުދާ ކަމަށް ބުނެފަ އެވެ. އަދި ލަވައާ ގުޅިގެން އާންމުން ދަނީ ދީޕިކާއަށް އެކި ގޮތްގޮތުން ސޯޝަލް މީޑިއާގައި މަލާމާތް ކުރަމުންނެވެ.

ލަވައިގައި ދީޕިކާގެ ނެށުމަށް ވެސް އާންމުން މަލާމާތްކޮށްފައިވެ އެވެ. އަދި ލަވައިގެ ކޮރިއޮގްރަފީއަށް އާންމުން ފާޑުކިޔާފައިވާއިރު، އެއަށް ވުރެ ރަނގަޅު ކުރެވުނީސް ކަމަށް އާންމުން ހިޔާލުފާލުކޮށްފައިވެ އެވެ. ނަމަވެސް ފާޑުކިޔުންތަކާއި ގުޅިގެން ދީޕިކާ ނުވަތަ ފިލްމުގެ ޕްރޮޑަކްޝަނުން މިހާތަނަށް ބަހެއް ނުވެފައެއް ނުވެ އެވެ.

ވިޝާލް- ޝޭކަރުގެ މިއުޒިކަށް ހަދާފައިވާ މި ލަވައިގެ އަޑުގެ ވެރިންނަނީ މިއުޒިކްގައި ވެސް ހިއްސާވި ވިޝާލް ދަދުލާނީ ޝޭކަރާއި އާއި ޝިލްޕާ ރާއޯގެ އިތުރުން ކެރަލީޒާ މޮންޓީރޯ އެވެ. މިލަވައަށް 38 މިލިއަން ވިއުސް ލިބިފަ އެވެ.

މިލަވާގެ ކޮރިއޯފަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި ކޮރިއޯގްރާފުރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓެވެ.