ހުޅުމާލޭގައި އެކި ތަންތަނުގައި ހެދިފައި ހުރި ގޮނޑުތައް ސާފުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނުކުމެއްޖެ އެވެ.
ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓާ އެޗްޑީސީން ބުނީ، ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އުކާލާފައި ހުރި ކުނިބުނި ނަަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފަރުދީ ޒިންމާއެއް ކަމަށް ދެކި، އެކި ތަންތަނަށް ކުނި ނޭޅުމަށް އާއްމުންގެ ކިބައިން އެދޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުގައި ބާ ކަބަޑާއި ހަލާކުވެފައި ހުންނަ ދޮންނަ މެޝިނާއި އައިސްއަލަމާރި އަދި ލަކުޑި ޕެލެޓް، ކަރުދާސް ހުސް ފޮށި ގަނޑު ފަދަ ތަކެތި ގިނަ އަދަދަކަށް އުކާލާފައި ހުރެ އެވެ. އަދި އެތަކެތި ނެގުމުގެ މަސައްކަތް އެޗްޑީސީން މީގެ ކުރިން ވެސް ކުރެ އެވެ.
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
އެމްއެމްއޭގެ ތަސައްވުރަކީ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުން