ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުމާލޭގައި ވެސް ޑޯޓުޑޯ ކެމްޕޭން ކުރިއަށްގެންދަވައިފި އެވެ.
މިއަދު ހަވީރު އެމަނިކުފާނު ވަނީ ހުޅުމާލޭ ފޭސް އެކެއްގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޑޯޓްޑޯ ހަރަކާތުގައި އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް ވަނި ދާދިފަހުން މާލޭގައި ވެސް ޑޯޑްޑޯ ހަރަކާތް ކުރިއަށް ގެންދަވާފަ އެވެ. މާލޭގައި އެމަނިކުފާނު ޑޯޓްޑޯ ފެއްޓެވީ މާފަންނު އުތުރު ދާއިރާގެ ގެތަކުންނެވެ.
ރައީސް ސޯލިހު މާލެ އާއި ހުޅުމާލޭގައި ޑޯޓުޑޯ ކުރިއަށްގެންދަވާފައިވާއިރު، އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވަޑައިގެން ފާއިތުވި ދުވަސްތަކުގައި އެމަނިކުފާނު ވަނީ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ރ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެރަށްތަކުގައި ޑޯޓުޑޯ ކުރިއަށްގެންދަވާފަ އެވެ.
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
