ލަގެޖުގައި ވަޒަން އަޅާފައިވާ މެގަޒިނެއް ރައްކާކޮށްގެން ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު އެމެރިކާގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު މީހެއްގެ ލަގެޖު ޗެކްކުރުމުގެ ތެރެއިންނެވެ. އެ މީހާގެ ލަގެޖު އެއާޕޯޓުން ޗެކްކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުމާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ވަގުތުން ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާ އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާއަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
