މާބަނޑުވެ ބަލިވެ އިނުމުން ކުރިން ކުރަމުން އައި ކަސްރަތު ހުއްޓާލާ ބައެއް އަންހެނުން އުޅެ އެވެ. ނަަމަވެސް ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މާބަނޑުއިރު ކަސްރަތު ކުރުމަކީ އެކަމުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.
މާބަނޑު ދުވަސްވަރު އަރާ ތަދުތަކާއި ރިއްސުންތައް މަދުވޭ
މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތަކާއި އަދި ހަށިގަނޑުގެ މަސްތައް ބާރުވުމުގެ ސަބަބުން ގިނަ އުދަނގޫތަކެއް ކުރިމަތިވާނެ އެވެ. ނަމަވެސް އެ ތަދުތަކަށް ލުއިކަމެއް ގެނައުމަށް ނުވަތަ އެއްކޮށް ފަސޭހަ ކޮށްލުމަށް ކަމާ ގުޅުންހުރި ކަސްރަތުތައް އެހީވެދެ އެވެ.
ސިޒޭރިއަން އަކަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދޭ
މާބަނޑު ދުވަސްވަރު ގިނަ ބަޔަކު އެންމެ ބިރު ގަންނަ އެއް ކަމަކީ ސިޒޭރިއަން ސެކްޝަން ނުވަތަ ސީ ސެކްޝަނަކަށް ދިއުމެވެ. ސްޕެއިންގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި މާބަނޑު ދުވަސްވަރު މަދުވެގެން ހަފްތާއަކު ތިން ދުވަހު ކަސްރަތު ކުރާނަމަ ސީ ސެކްޝަން އަކަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
މާބަނޑު ދުވަސްވަރު ހަށިގަނޑު ފަލަވުން ކުޑަކޮށްދޭ
މާބަނޑު ދުވަސްވަރު ކަސްރަތު ނުކުރާ މީހަކަށްވުރެ ކަސްރަތު ކުރާ މީހެއްގެ ބަރުދަން ލުއިކޮށްދޭނެ އެވެ. އެއީ އެންމެންނަށް ވެސް އެނގޭ ކަމަކެވެ. ނަމަވެސް އޭގެ މާނައަކީ ދަރިފުޅުގެ ވިހެއުމުން ވެސް އުފުލަންޖެހޭ ބުރަތައް މަދުވުމެވެ.
ވިހެއުމަށްފަހު އަަވަހަށް ފަސޭހަކޮށްދޭ
މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ ސަބަބުން މަސްގަނޑުތަކުގެ ބާރު ދޫވެ، ފަހުން ބަރުދަން ލުއިކުރަންޖެހޭ ކުރުން މަދުވެ އެވެ. އަދި މާބަނޑު ދުވަސްވަރަށް ހާއްސަ ކަސްރަތުތަކެއް ގަވާއިދުން ކުރާނަމަ ވިހެއުމަށްފަހު އާންމު މިންވަރަށްވުރެ އަވަހަށް ފަސޭހަވުމަށް މަގުފަހިވެ އެވެ.