ތުއްތު ދަރިފުުޅުގެ ބަރުދަން އިތުރު ނުވާތީ ކަންބޮޑުވޭ ހެއްޔެވެ؟ ހެދި ބޮޑުވަމުން އަންނަ ވަރަކަށް ހަށިގަނޑުން އެކަން ނުފެންނާތީ ފިކުރު ބޮޑުވޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ކުދިންގެ ކެއުމުގައި މި ބާވަތްތައް ހިމަނާލާށެވެ.

ދޮންކެޔޮ

ދޮންކޭލަކީ ވަރަށް ކެލޮރީ ގިނަ މޭވާ އެކެވެ. ހަމައެއާއެކު އެއީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ވިޓަމިން ސީ އަދި ވިޓަމިން ބީ6 އާއި ކާބޯހައިޑުރޭޓު ވެސް އެކުލެވޭ މޭވާ އެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ދަރިފުޅަށް ދެތިން ވަށް ދޮންކެޔޮ ކާން ދެވޭތޯ ބަލާށެވެ.

ކައްޓަލަ

އާއްމުކޮށް ހުރިހާ ކުދިންނަށްވެސް ކަމުދާ، ކައްޓަލައަކީ ވެސް ބަރުދަން އިތުރު ކުރުމަށް އެހީތެރިވެދޭ ކާނާ އެކެވެ. އެގޮތުން ކައްޓަލާގައި ވިޓަމިން އޭ، ސީ، އަދި ބީ6 ގިނަ އަދަދަކަށް އެކުލެވޭއިރު، ކޮޕާ، ފޮސްފަރަސް، ޕޮޓޭސިއަމް އަދި މެންގަނީސް ކައްޓަލާގައި އެލުކެވެ އެވެ. މި މާއްދާ ތަކަކީ ކުޑަ ދަރިފުޅުގެ ބަރުދަން އިތުރު ކުރުމަށް އެހީތެރިވެދޭ މާއްދާތަކެވެ.

ބިންބި

ބިންބި އަކީ ޒަމާނުއްސުރެ ކުޑަކުދިންނަށް ކާންދޭން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ފަސޭހައިން ހަޖަމުވެސް ކުރެވޭ ބިންބީގައި ގިނަ އަދަދަކަށް ފައިބާ އާއި ކެލްސިއަމް، އަދި އަޔަން ވެސް ހިމެނެ އެވެ.

ބިސް

ކުޑަކުދިންނަށް ކާ އެއްޗެހި ތައްޔާރު ކުރާއިރު ބިސް ބޭނުން ކުރުން ވަރަށް މުހިއްމެވެ. ސަބަބަކީ ބިހަކީ އަކީ ބަރުދަން އިތުރު ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗަކަށްވާތީ އެވެ.