އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ށ. ބިލެތްފައްސަށް މިއަދު ތައާރަފުކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އިންޓަނެޓު ލިބޭ ޕެކޭޖުތަކާ އެކު ބިލެތްފައްސަށް އެ ކުންފުނީގެ ސުޕަނެޓުގެ ހިދުމަތް ތައާރަފުކުރުމާ ގުޅިގެން އެ ރަށަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު ލިބޭނެ އެވެ. އަދި 500ރ. އިން މަތީގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް %100 ހިލޭ ޑޭޓާ ތިން މަސް ވަންދެން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ދޭ ހިދުުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަގުހެޔޮ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު %100އާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އޭގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތް ލިބޭއިރު މިއާ އެކު، މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއަށް އިތުރުވެގެންދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.