ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ދަ ކްރޫ" އަށް އޭނާގެ ހަށިގަނޑަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެކްތާ ކަަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ މިފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފިލްމަށް ކަރީނާ ވަރަށް ބޮޑަށް ފިޓްވާ ޖެހެ އެވެ.

މިހާރު ކަރަނީ އަންނަނީ ފިޓްވުމަށްޓަކައި ކަސްރަތު ކުލާސްތަކެއްގައި ބައިވެރިވަމުންނެވެ. އަދި މީގެ އިތުރުން ކަރީނާ ގޭގައި އަމިއްލައަށް ވެސް ކަސްރަތު ކުރަމުނެވެ.

ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކުރާ މިފިލްމުގައި ކަރަނީގެ އިތުރުން ފެނިގެންދާނީ ތައްބޫ އާއި ކްރިތީ ސެންނާ އެވެ.

މިފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނުކޮށްފައި ނުވާއިރު، މިއީ އޭވިއޭޝަން ދާއިރާގައި އުޅޭ ތިން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.

އެކްޓަރު ސައިފް އަލީ ހާންގެ އަންހެނުން ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އާމިރު ޚާނާއެކު "ލާލްސިންގް ޗައްޑާ"އިންނެވެ. ކަރީނާ ވަނީ ދެ ފިލްމެއްގެ ޝޫޓިން މިދިޔަ އަހަރު ނިންމާފައިވެ އެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ތުރިލާއަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ތުރިލާއެކެވެ.

މި ފިލްމުތަކުގެ ރަސްމީ ނަންތަކާއި އެ ރިލީޒްކުރާނެ ތާރީހުތަކެއް އަދި އިއުލާނެއް ނުކުރެ އެވެ.