މިއަދު ބާއްވަން ނިންމި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
މަޖިލިސް އިދާރާއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނޯންނާނެ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް ޖަލްސާ ކެންސަލްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މުހިންމު މަސައްކަތްތަކެއް ނިންމަން ހުރި ކަމަށް ބުނެ، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ވެސް މި މަހުގެ 20އަށް ދަންމާލަން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަދި މިއަދު ޖަލްސާ އޮންނާނެ ކަމަށް ވެސް އިއްޔެ އިއުލާނުކުރި އެވެ.
އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ނަމަވެސް ބައެއް ހާލަތުގައި ބުރާސްފަތި ދުވަހަށް ނުވަތަ ހާއްސަ ޖަލްސާއެއް ވިއްޔާ އެ ނޫން ދުވަހަކަށް ވެސް އެޖެންޑާކުރެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ވެސް ދަންމާލީ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ އެވެ. ނަމަވެސް އެފަހަރު ހަމައެކަނި ތާވަލުކުރީ ނައިބު ރައީސް އަހްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ އެވެ. މިފަހަރު ދައުރު ދަންމައިލަނީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިސޯސުން ބިންތައް ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ކަމަށް ބެލެވެ އެވެ.
މި ދައުރު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަންމާލިއިރު، ދައުރުގެ ގިނަ ޖަލްސާތަކެއް ބާއްވާފައެއް ނުވެ އެވެ. ވަކި ސަބަބެއް ނާންގާ ޖަލްސާތައް ނުބާއްވާ މައްސަލަ ބޮޑުއިރު، މެންބަރުންނަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި