މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރިން ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ 30 އަހަރުގެ ޒުވާނަކަށް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 12:37 ހާއިރު ކަމަށެއެވެ. އަދި މި މާރާމާރީގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފުސީލެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައާ ބެހޭ ގޮތުން ވެސް ފުލުހުން ބުނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި
އިޒްރޭލް މައްސަލާގައި އެމެރިކާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށްފި
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ