"ސްޕޮންޓޭނިއަސް"ކޮށް ކަންކަން ކޮށްލުން ނުވަތަ އެއްވެސް ރޭވުމެއް ނެތި ކަމެއް ކުއްލިއަކަށް ކޮށްލުމަކީ ހިތުގެ ވިންދު އަވަސްކޮށްލާ އަހަރެމެން އެކްސައިޓްކޮށްލާ ކަމެކެވެ. މިއީ މަޖާ ވެސް ކަމެކެވެ. ދެން ވާނެ ގޮތެއް ނޭނގި ކަމަކާ ކުރިމަތިލުމަކީ ވަރަށް ޝައުގުވެރި ކަމެއް ވެސް މެއެވެ. އެކަމަކު ދިގު މުއްދަތަށް ކަންކަން ކުރަންވާނީ އަބަދުވެސް ރޭވުންތެރިކަމާއެކުގައެވެ. ބައެއް ފަހަރު ދިގު މުއްދަތުގެ ލަނޑުދަނޑިއެއް ހާސިލުކުރުމަށް ކުރު މުއްދަތުގައި ނުވަތަ ޝޯޓް ޓާމްގައި ވެސް ކަންކަން ރާވާލަން ޖެހެއެވެ.

2023 ވަނަ އަހަރަށް އެލައިޑް އިންޝުއަރަންސުން ތައްޔާރުކުރި ކަލަންޑަރުން ކިޔައިދޭ ފިލާވަޅަކީ ވެސް އެއީއެވެ. މަޖާ އަދި އެންޖޯޔަބަލް ގޮތަކަށް ކަންކަން ރާވައިލެވޭނެ ގޮތްގޮތް ހުންނާނެ ކަމެވެ. އަދި އެކަން ކުރުމުގައި ދެމެހެއްޓެނިވިކަން އިސްކުރެވޭނެ ގޮތްތަކެއް ވެސް ހުންނާނެ ކަމެވެ.

މި އަހަރުގެ އެލައިޑް ކަލަންޑަރުގައި ހިމެނެނީ ވައިޓްބޯޑަކާއި ނޫ އަދި ރަތްކުލައިގެ މާކަރެކެވެ. އަދި ޓާސްކް މެނޭޖުކުރުމަށް ބޭނުންކުރެވޭނެ ރަމްޒުތަކަކާއި ލަފްޒުތަކެއް ލިޔެފައި ހުންނަ ދަގައްފާނުކޮޅު ތަކެކެވެ.

މި "ކަލަންޑަރު" ކަލަންޑަރަކަށް ހަދާދޭ، އަހަރުގެ 12 މަހުގެ ތާރީހުތައް ޖަހާފައިވާ ބައި ހިމެނެނީ ކޮންމެ މަހެއްގެ ދުވަސްތައް ލިޔެފައިވާ 12 ކަރުދާސްކޮޅެވެ. މި ކަރުދާސްކޮޅުތައް ބޯޑުގައި ހަރުކޮށްލެވޭނީ ހަފްތާގެ 7 ދުވަސް ލިޔެފައިވާ ދިގު ދަގައްފާނަކުންނެވެ. ކޮންމެ މަހެއް ބަދަލުވުމުން އެ ގަނޑުކޮޅު ބަދަލުކޮށްލަންވީއެވެ.

މި ކަލަންޑަރުން އޮފީހަށް ދިރުން ގެނެސްދެނީ ވައިޓްބޯޑުގެ ދެފަރާތުގައި މާކަރުން ލިޔެ ކުރަހާ ހަދައިލެވޭ

ދެން އޮތީ ކަލަންޑަރުގެ މަޖާ ބައެވެ. މި ކަލަންޑަރުން އޮފީހަށް (ނުވަތަ ތިމާގެ މަސައްކަތުގެ މާހައުލަށް) ދިރުން ގެނެސްދެނީ ވައިޓްބޯޑުގެ ދެފަރާތުގައި މާކަރުން ލިޔެ ކުރަހާ ހަދައިލެވޭތީއެވެ. ހަފްތާއަށް ތިމާ ކުރަންޖެހޭ ނުވަތަ ނިންމަންޖެހޭ މަސައްކަތްތަކާއި ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ކަންކަން ބޯޑުގައި ލިޔެލާފައި ބަހައްޓަންވީއެވެ. އަދި ޓާސްކް މެނޭޖުކުރުމަށް ފަސޭހައަކަށް، ކަލަންޑަރާއެކު ލިބޭ ކުދި މެގްނެޓްތަކުގެ އެހީގައި ކަންކަން ފާހަގަކޮށްލަންވީއެވެ.

އެގޮތުން މިއަދަށް ނިންމަން ހުރި މަސައްކަތްތަކާއި ހަފްތާއަށް (ނުވަތަ ކުރިއަށް އޮތް މަހަށް) ހާސިލުކުރަންޖެހޭ "މުހިންމު" ކަންކަން ފާހަގަކޮށްލާފައި ބަހައްޓަންވީއެވެ. އަދި މިހާރު ފަށާފައި އެކަމަކު ފަހުން ނިންމަން ހުރި (އޮން-ހޯލްޑް ގައި ހުރި) ޓާސްކްތައް ވެސް ހަނދާން ނުނެތޭނެ ފަދައިން ލިޔެލާފައި ބަހައްޓަންވީއެވެ.

ޓާސްކްތަކާއި މަސައްކަތްތައް ލިޔުމާއި މުހިންމު ތާރީހުތައް ކަލަންޑަރުން ފާހަގަކޮށްލުމުގެ އިތުރުން މި ކަލަންޑަރުގެ އެންމެ "ފަންކްޝަނަލް" އެއް ކަމަކީ މިއީ ވައިޓްބޯޑަކަށް ވުމެވެ. ތިމާ އެކަނި ނުވަތަ ކޮލީގަކާއެކު ބްރެއިންސްޓޯމްކޮށްލާ ވަގުތު އަންނަ ހިޔާލުތައް ބޯޑުގައި ވަގުތުން ލިޔެލަންވީއެވެ. އަދި ތިމާއަށް ލިބޭ ވަރުގަދަ އައިޑިއާއެއް އެހެން މީހަކަށް ކިޔައިދޭން ދާ އިރު މި ބޯޑު ހިފައިގެން ގޮސް މީގައި ލިޔެ ކުރަހައިގެން އެކަމެއް ތަފްސީލުކޮށް ކިޔައިދެވޭނެއެވެ.

މަސައްކަތުގެ މާހައުލުގައި ނޯޓު ނެގުމާއި ސްކެޗުކުރުމުގެ އެހީއެއްގެ އިތުރުން, މި ކަލަންޑަރުން އަހަރެމެންނަށް ނަގައިދޭ މުހިންމު ފިލާވަޅެއް ވެސް ވެއެވެ. އެއީ ދެމެހެއްޓެނިވިކަން ނުވަތަ ސަސްޓެއިނަބިލިޓީއެވެ. ކަލަންޑަރަކީ ވަކި އަހަރެއްގައި ބޭނުންކޮށްފައި، އޭގެ ބޭނުން ކެނޑޭ އެއްޗަކަށް ވީ ނަމަވެސް މި ކަލަންޑަރު ތަފާތެވެ. އަހަރު ނިމުމުން ވެސް މި ކަލަންޑަރު އޮފީސް މާހައުލުގައި ބޭނުންކުރެވޭނެއެވެ. ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑާއި މެގްނެޓުތައް ދިގު މުއްދަތަކަށް ނޯޓު ނެގުމަށާއި ޓާސްކް ލިޔުމަށް ގެންގުޅެވޭނެއެވެ. އޮފީހުގެ އިތުރުން ގޭގައި ވެސް ބޭނުންކުރެވޭނެއެވެ. ބޭނުން ނަމަ، ހަދިޔާއަކަށް އެހެން މީހަކަށް ވެސް ދެވިދާނެއެވެ.

މި އަހަރަކީ ކަންކަން ރޭވުންތެރިކަމާއެކު ކުރާ އަހަރަކަށް ހަދަން އަޒުމް ކަނޑައަޅާ.

އާނއެކެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އައިޕެޑެއް ނުވަތަ ފޯނުގައި ވެސް މި ހުރިހާ ކަމެއް ކޮށްލެވެއެވެ. ފޯނުގައި ނޯޓުކުރެވެއެވެ. އައިޕެޑުގައި ސްކެޗުކުރެވެއެވެ. އަދި ކޮންމެ އިލެކްޓްރޯނިކް ޑިވައިސެއްގައި ވެސް ކަލަންޑަރެއް ވެސް ހުރެއެވެ. އެކަމަކު ޓެކްނޮލޮޖީއާ އެހާ ދޯޅުވެފައިވާ ދުވަސްވަރެއްގައި އިހު އަހަރެމެން އަމިއްލަ އަތުން ކަންކަން ކޮށް އުޅުނު ޒަމާ ނުގެ ގޮތްގަނޑު މުޅިން ދޫކޮށްނުލަމާ ހެއްޔެވެ؟

މި ކަލަންޑަރުގެ ބޭނުންތެރިކަން ފެނި، ގިނަ ބައެއްގެ ޝައުގުވެރިކަން ބޮޑުވުމާ ގުޅިގެން އެލައިޑުން ވަނީ މިހާތަނަށް 2 ފަހަރެއްގެ މަތިން ކަލަންޑަރ ގިވްއަވޭ އިވެންޓުތަކެއް ހިންގާފައެވެ. ކަލަންޑަރު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާއެވެ. އަދި ބާއްޖަވެރި، އުފާވެރި، ދެމެހެއްޓެނިވި އަހަރަކަށް އެދެމެވެ.