ބެއިރޫތު (24 ޖެނުއަރީ) 2020 ވަނަ އަހަރު ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ގޮވި ގޮވުމުގައި ތުހުމަތު ކުރެވޭ އޮފިޝަލުން ތަކަކަށް ދައުވާ އުފުލައިފި އެވެ.
ލުބްނާނުގެ މީޑިއާއިން ބުނާ ގޮތުގައި ދައުވާ އުފުލުނު އަށް މީހުންގެ ތެރޭގައި ސަރުކާރުގެ މެދު އަދި މަތީ ފަންތީގެ އޮފިޝަލުންވެސް ހިމެނެ އެވެ.
މި މައްސަލައިގެ ތަހުގީގު އަލުން ފަށާފަައި މިވަނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ކަމަށް އެ ގައުމުގެ ޖުޑީޝަރީއިން ބުންޏެވެ.
2020 ވަނަ އަހަރު ބެއިރޫތުގައި ގޮވި ގޮވުމުގައި 220 މީހުން މަރުވިއިރު މި މައްސަލައިގެ ތަހުގީގު ސަރުކާރުގެ ނުފޫޒާއެކު އެކި ފަހަރު މަތިން ހުއްޓިފައިވެ އެވެ.
ތަހުގީގު އަލުން ފެށުމާއެކު އެ ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކުން އަންނަނީ އުފާ ފާޅު ކުރަމުންނެވެ.
ބެއިރޫތުގައި ގޮވި ގޮވުމަކީ މިހާތަނަށް ދުނިޔޭގެ ތާރީހުގައި ވެސް ގޮވި އެންމެ ވަރުގަދަ ނޮން- ނިއުކްލިއާ ގޮވުމެވެ. -- އަލް އަރަބިއްޔާ
ވޯޓާ ގުޅުވައިގެން ދޭ އުމްރާ ދަތުރު ހައްގެއް ނޫން: ޖަމީލް
އަވަހާރަކޮށްލާނެ ކަމަށް ބުނެ ދިން އިންޒާރަށް އަރަގްޗީ ދިން ރައްދު
ބްލޭކްގެ ޖިންސީ ފުރައްސާރައިގެ ދަައުވާ ކޯޓުން ބޭރު ކޮށްލައިފި