މޫނުގައި ލަކުނު ގިނަވާތީ ކަންބޮޑުވޭ ހެއްޔެވެ؟ އެކަމުން މޫނުގެ ރީތިކަން ގެއްލޭ ހެއްޔެވެ؟ ހާސް ނުވާށެވެ. މޫނުގައި ހުންނަ ލަކުނު ތަކަކީ ގެވެށި ބައެއް ފަރުވާތަކުން ވެސް ފިލުވާލެވިދާނެ އެއްޗެއްސެވެ.

އެލޯވެރާ

އަލޯވެރާއަކީ ހަންގަނޑަށް ފަރުވާ ކުރުމަށް ހަމަ އެއްވަނައެވެ. އެއީ މޫނުން ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އަލޯވެރާ އެހީތެރިވެދެއެވެ.

ހަދާނެ ގޮތް: ކޮންމެ ދުވަހަކުވެސް، ތާޒާ އަލޯވެރާ ޖެލް ކޮޅަކުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތަކުގައި ކުލޮކު ވައިސްކޮށް މަސާޖު ކުރާށެވެ. 15 ވަރަކަށް މިނެޓުވަންދެން އެފަދައިން މަސާޖު ކުރުމަށްފަހު އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ގަޑިއެއްހާއިރު ވުމުން ފިނިފެން ފޮދަކުން މޫނު ދޮވެލާށެވެ.

ކާށި ތެޔޮ

ކާށިތެލަކީވެސް މޫނުން ނަގާފައި ހުންނަ ބިހިތަކާއި އެ ބިހިތަކުގެ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަމައެހެންމެ ގޭގައި ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗެއްވެސް މެއެވެ.

ހަދާނެ ގޮތް: ބިހި ލަކުނުތަކުގައި ކާށި ތެޔޮ ހާކާލައި ކުޑަ އިރުކޮޅެއް ވަންދެން ރަނގަޅަށް މަސާޖު ކުރާށެވެ. މިކަން ކުރަން އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިންނެވެ. ނިދަން އޮށޯތުމުގެ ކުރިން މި ޓްރީޓުމަންޓު ނަގާ ނަމަ މޫނު ދޮންނާނީ އަނެއް ދުވަހު ހެނދުނު ހޭލައިގެންނެވެ.

ލުނބޯ

ލުނބޮއަކީ، މޫނުގެ ކުލަ އަލިކޮށްދީ މޫނު ތާޒާ ކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު، ލުނބޯގައި ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީއާއި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކަކީ މޫނުގައި އުފެދޭ ބިހި ލަކުނު ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހަދާނެ ގޮތް: ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ހުންނަ ލަކުނުތަކުގައި ލުނބޯހުތް ހާކާށެވެ. އެއަށްފަހު ނިދަން އޮށޯންނާށެވެ. ދެން ހެނދުނު ވުމުން މޫނު