އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމަށް ގދ. ގައްދޫގައި ހުރި އިންތިހާބީ މަރުކަޒުގައި ހަމަނުޖެހުން ހިނގައި، ވޯޓުލުން ހުއްޓުވައިފި އެވެ.
އެ މަރުކަޒުގައި ވޯޓުލުން ހުއްޓުވާފައި ވަނީ އިންތިހާބުގައި ވާދަކުރައްވާ ދެ ފެކްޝަނާ މެދުގައި މައްސަލަ ޖެހިގެންނެވެ.
މި މައްސަލަ ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ވޯޓް ލާން ވަންނައިރު ވޯޓް ކަރުދާހުން ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާތީ އެކަމާ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ޝަކުވާ ކުރަން ފެށި ހިސާބުން ކަމަށް މައުލޫމާތު ލިބެ އެވެ.
ވޯޓު ކަރުދާހުން ޕޮޓޯ ނަގަން ކެމެރާ ވެއްދުމުން އެކަމާއި ޝަކުވާ ކުރި ނަމަވެސް އެ މައްސަލަ ހައްލު ނުވުމުން އާންމުން އެތަނުގައި ހަމަނުޖެހުން ހިންގައި އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިނީކަމަށް މައުލޫމާތު ލިބެ އެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ގައްދޫ ވޯޓު ލާން ބަހައްޓާފައި ހުރި ފޮށި ފަޅާލާފައިވާއިރު، ވޯޓާސް ލިސްޓާއި، ވޯޓު ކަރުދާސްތައް ވެސް ވަނީ ވީދާ ކުދިކޮށްފަ އެވެ.
"ޕީއެންސީން ވަކިވާން ބައެއް މަޖިލިސް މެންބަރުން ތިބީ ތައްޔާރަށް"
ފްވައިސްއިން ރަންވީރު ބޮއިކޮޓް ކުރަން ނެރުނު އަމުރު ބާތިލް ކޮށްފި
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ
