އިނގުރަކީ ގިނަ ބަޔަކު ކެއްކުމުގައި ބޭނުންކުރާ އެއްޗެކެވެ. އަދި ބައެއް މީހުން ސަޔަށް އަޅައިގެން ވެސް އިނގުރު ބޭނުން ކުރެ އެވެ. އެހެން ނަމަވެސް އިނގުރު ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ އެ ރޮލަށް ކެއުން ކަމުގައި ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެހެން ނަމަވެސް އެއްމަސް ވަންދެން ހުއްޓުމެއްނެތި އިނގުރު ކެއުމުގެ ސަބަބުން ވާގޮތް އެނގޭ ހެއްޔެވެ؟ އޭގެ ސަބަބުން ތިމާގެ ހަށިގަނޑަށް ވަރަށް ބޮޑު ރަނގަޅު ބަދަލުތަކެއް އަންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮންމެ ދުވަހަކު އިނގުރު ކެއުމަކީ ހުޅުތަކުގެ ދުޅަ ތިރިކޮށްދޭ ކަމެކެވެ. ޚާއްސަކޮށް ދޮށީ އުމުރުގެ ބޭފުޅުންނަށް އިނގުރަކީ މިގޮތުގެ މަތިން ވަރަށް ބޭނުންތެރި އެއްޗެކެވެ. ކަށިތައް ވަރުގަދަ ކުރުމަށް ވެސް އިނގުރު ވަރަށް ބޮޑަށް އެހީވެދެ އެވެ.

ބޮޑުކަމު ދިއުމުގައި އުނދަގޫވާނަމަ ރޯ އިނގުރު ކާން ފަށާށެވެ. އިނގުރު ކެއުމުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް ވަރަށް ބޮޑަށް އެހީވެދެ އެވެ.

މީގެ އިތުރުން އިނގުރަކީ އިންސާނާގެ ދިފާއީ ނިޒާމަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރުވާ ކާނާ އެކެވެ. އެގޮތުން އާއްމު ބަލިތަކުން ދުރުވުމަށް ގަވާއިދުން ރޯ އިނގުރު ބޭނުން ކުރެވިދާނެ އެވެ

މިއީ އިނގުރުގެ ސަބަބުން ލިބޭ ބައެއް ފައިދާތަކެވެ. ރަހަ މީރު ނޫނަސް އިނގުރު ރޮލަށް ކެއުމަކީ ސިއްހަތަށް އެކި ގޮތްގޮތުން ފައިދާ ކުރުވާނެ ކަމެކެވެ.