ހިމަ ގޮދަން ނުވަތަ "ބާލީ"އަކީ ގިނަ އަދަދަކަށް ވިޓަމިން ބީ، އަޔަން، ކެލްސިޔަމް، މެގްނީޒިޔަމް، ޒިންކް، ކޮޕަ، ޕްރްޓިން އަދި އެންޓި އޮކްސިޑެންޓްތައް ހިމެނޭ ގޮވާމުގެ ބާވަތެކެވެ. ގަވާއިދުން ބާލީ ފެން ބޯނަމަ ހަށިގަނޑަށް އާރޯކަން ގެނެސްދީ ބަލިތަކުން ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެދެ އެވެ.

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ބާލީ
  • 3 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ބައި ޖޯޑު ބާލީ އެޅުމަށް ފަހު ތިން ޖޯޑު ފެން އަޅާށެވެ. އަދި 25 މިނިޓް ވަންދެން މަތި ޖަހައި ކައްކާށެވެ. އެއަށް ފަހު ފެންތައް ފުރާނާލާށެވެ. ހިހޫ ކުރުމަށް ފަހު ދުވާލަކު ތިންއިރު ބޯށެވެ.

ބާލީ ފެނުން ލިބޭ ފައިދާތައް

ކުޑަކަމުދާ ނިޒާމުގެ ބަލިތައް ރަނގަޅު ކޮށްދޭ

ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކަށް ބާލީއަކީ ވަރަށް ފުރިހަމަ ގުދުރަތީ ފަރުވާ އެކެވެ. ކުޑަކަމުދާ ނިޒާމުގައި އުފެދޭ ޖަރާސީމުތައް ނައްތާލާ އަދި ވިހަތައް ސާފުކޮށްދިނުމުގައި ބާލީފެން އެހީވެދެ އެވެ.

ބަރުދަން ލުއި ކުރަން އެހީތެރިވެދޭ

ބާލީ ފެނުގައި ގިނައަދަކަށް ފައިބަރު ހިމެނޭއިރު އެ މާއްދާގެ ސަބަބުން ކާހިތްވުން މަދުކޮށްދެ އެވެ. އަދި ފެޓް މެޓްބޮލައިޒް ކޮށްދިނުމުގައި އެހީ ތެރިވެދެ އެވެ. މީގެ އިތުރުން ކޮލެސްޓްރޯލް ދަށްކޮށްދީ ބަނޑާއި ގޮހޮރުގައި ކޮލެސްޓްރޯލް ޖެހުމުން ދުރުކޮށްދެ އެވެ.

ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ

ބާލީފެނަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ބީ ހިމިނެ އެއްޗަކަށް ވާއިރު އޭގެ ސަބަބުން ހިތުގެ މަސްތައް ބޯވެ އަތިރޯސްކެރެލޯސިސް ޖެހުމުން ދުރުކޮށްދެ އެވެ. އަދި ލޭގެ ޕްރެޝަރު ދަަށްކޮށްދީ ސްޓްރޯކާއި އެހެނިހެން ހިތުގެ ބަލިތކުން ދުރުކޮށްދެ އެވެ.

ހަކުރުބަލި ކޮންޓްރޯލް ކޮށްދިނިމުގައި އެހީތެރިވެދޭ

ބާލީފެނަކީ ގުލުކޯޒްގެ މިންވަރު ދަށްކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މީގައި ހިމެނޭ ބީޓާ ގުލުކޯން މާއްދާގެ ސަބަބުން ކެއުމަށްފަހު ހަށިގަނޑަށް ގުލްކޯޒް ވަންނަ މިންވަރު ލަސްކޮށްދީ އަދި އިންސިއުލިން މަތިވުމުން ދުރުކޮށްދެ އެވެ.