ޒުވާނުންނެކޭ އެއްފަދައިން އުމުރުން ދުވަސްވީ މީހުންވެސް ދުޅަހެޔޮ، ސިއްޙަތަށް ފައިދާވާ ގޮތަށް ކެއުން ބައްޓަން ކުރަން ޖެހެ އެވެ. އެހެނީ އުމުރުން ދުވަސްވާ ވަރަކަށް ސިއްހަތަށް ދޭ ސަމާލުކަން އިތުރު ކުރަންވާތީ އެވެ.

ސްޓާޗުއާއި ފައިބަރު ގިނަ އަދި ފެޓްސްއާއި ހަކުރު މަދުން ހުންނަ ބާވަތްތަކުގެ ކާނާ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެއީ ޚާއްސަކޮށް ދުޅަހެޔޮވަރަށްވުރެ ބަރުދަން އިތުރުނަމަ އެވެ.

އެހެންނަމަވެސް، ފެޓްސް މަދުން ހުންނަ ކާއެއްޗެހި ކެއުމަކީ އުމުރުން ދުވަސްވީ ހުރިހާ އެންމެންނަށް ރަނގަޅު ކަމެއް ނޫނެވެ. އެއީ ވަކިން ޚާއްސަކޮށް އިންފެކްޝަންތައް ޖެހި ޖުމްލަކޮށް ބަލިކަށި ސިއްޙަތެއްގެ ވެރިންނަށް އެދެވިގެންވާ ކަމެއް ނޫނެވެ. ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް ލިބޭފަދަ އެއްޗެހި ކެއުމަކީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް މުހިންމު ކަމެކެވެ.

އެހެންކަމުން، އުމުރުން ދުވަސްވީ މީހުން ޕްރޮޓީންސްއާއި، ވިޓަމިންސްއާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ކާނާ ކާން ވާނެ އެވެ. އެގޮތުން ކިރު، އެއްގަމު މަސް، ބިސް، ކަނޑު މަސް، ޕާން، ސީރިއަލް އަދި މޭވާއާއި ތަރުކާރީ ކާން ވާނެއެވެ.

ކޮންމެ ދުވަހަކު އެކައްޗެއް ނުކައި ތަފާތު ކެއުންތައް ކެއުމަކީވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓްސް ލިބިދިނުމަށް އެހީވެދޭ ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންގެ ކެއުމުގައި ހިކި ކާނާގެ ބާވަތްތައް ހިމަނަންވާނެ އެވެ. އެމީހަކީ އެއްފަހަރާ ގިނައިން ކެއުމަށް އުނދަގޫވާ މީހެއްނަމަ މިކަން ވަރަށް މުހިއްމެވެ. ކިރު ފަދަ ޑެއިރީ ޕްރޮޑަކްޓްސްއަކީ ނިއުޓްރިއެންޓްސްއާއި ފެނުން ފުރިގެންވާ ހިކި ކާނާ ތަކެކެވެ.

އުމުރުން ދުވަސްވާ ވަރަކަށް ރަހައާއި ވަހުގެ ހިއްސުތައް ބަލިކަށިވެ އެވެ. އެހެންކަމުން ބައެއް ފަހަރު ކެއުން މަތިން ފޫހިވާ ގޮތްވެސް ވެދާނެ އެވެ.

އެހެންކަމުން ކެއުމުގައި ތަފާތު ކުލަތަކާއި ބައްޓަންތައް ބޭނުންކުރުމަކީ އެފަދަ މީހުން ކާހިތްވާލެއް ބޮޑުވާނެ ގޮތް ގޮތެވެ. އަދި ހިއްސުތައް ހޭލެއްވުމަށްވެސް އެހީތެރިވެދޭނެ އެވެ.

މި ގޮތްގޮތަށް ވިސްނައި މައިންބަފައިންނާއި ތިބާ ބަލަން ޖެހޭ އުމުުރުން ދުވަސްވީ މީހުންގެ ކެއުން ބައްޓަން ކުރުން ވަރަށް މުހިއްމެވެ.