ވޮޝިންޓަން (04 ފެބްރުއަރީ) ދުރު ރާސްތާ ރޮކެޓުތައް އެކުލެވޭ އަސްކަރީ ހަތިޔާރުގެ އެހީއެއް އެމެރިކާއިން ޔޫކްރެއިންއަށް ފޮނުވަން ނިންމައިފި އެވެ.

ހުކުުރު ދުވަހު އެގައުމުގެ ދިފާއީ މައި އިދާރާ ޕެންޓެގަންއިން ބުނީ ދުރު ރާސްތާ ރޮކެޓުތައް ހިމެނޭ ގޮތަށް އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާ 2.2 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖަކީ ރަޝިއާއާ ދެކޮޅަށް ޔޫކްރެއިންގެ އަަސްކަރީ ބާރު ވަރުގަދަކޮށްދޭނެ އެހީއެއް ކަަމަށެވެ.

އެ އިދާރާގެ ތަރުޖަމާނު ޕެޓް ރައިޑާ ވިދާޅުވީ އެންމެ ފަހުގެ އެހީ ޕެކޭޖުގައި ހިމެނޭ ދުރު ރާސްތާ ރޮކެޓުތަކަކީ 150 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ރޮކެޓެއް ކަމަށެވެ.

"މި ރޮކެޓުތަކާއެކު ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން އެގައުމުގެ އަސްކަރިއްޔާއަށް ފަސޭހަ ވާނެ" ޕެޓް ވިދާޅުވި އެވެ.

ޔޫކްރެއިންއަށް މީގެ ކުރިން އެމެރިކާއިން ފޮނުވި އެހީގެ ޕެކޭޖުގައި ހިމެނެނީ 80 ކިލޯމީޓަރަށް ދަތުރުކުރާ ރޮކެޓެކެވެ. އެއަށްވުރެ ދުރަށް ދަތުރުކުރެވޭ ރޮކެޓުތައް ފޮނުވައި ދިނުމަށް ޔޫކްރެއިނުން އައީ އެމެރިކާގައި އެދެމުންނެވެ.

މި ހަތިޔާރުތަކާއެކު ރަޝިއާގެ ބާރު ދަށްވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެން ނަމަވެސް ޔޫކްރެއިނުން އެ ހަތިޔާރު ބޭނުންކުރަން ވިސްނާފައިވާ ގޮތެއް ނޭނގޭ ކަމަށް ވެސް ޕެޓް ވިދާޅުވި އެވެ.