ރީތި އިސްތަށިގަނޑަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެ އެއްޗެކެވެ. އެކަމަށްޓަކައި ކޮންމެހެން ސެލޫންއަކަށް ދާކަށް ނުޖެހެ އެވެ. މި ބަލާލަނީ އިސްތަށިގަނޑު ރީތިކުރުމަށް ގޭގައި ތައްޔާރު ކުރެވިދާނެ ހެއާ މާސްކަކަށެވެ.

ބޭނުންވާ ތަކެތި

  • ޒައިތޫނި ތެޔޮ (އޮލިވް އޮއިލް)
  • 2 ބިހުގެ ގޮބޮޅި
  • ބޮލުގައި އަޅާނެ ކެޕެއް

ހަދާނެ ގޮތް

  1. މައިކްރޯވޭވް ކުޑަ ތަށްޓަކަށް އެއް ސަމުސާ ޒައިތޫނި ތެޔޮ އެޅުމަށް ފަހު ތެޔޮ ފޮދު ހޫނުކޮށްލުމަށްޓަކައި ގާތްގަނޑަކަށް ފަސް ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. ނަމަވެސް ބިސް އެއްކުރުމުން ބިސް ރޯ ފިލާވަރަށް ތެޔޮ ފޮދު ހޫނު ނުކުރާށެވެ.
  2. ތެޔޮ ފޮދަށް، އެއް ބިހުގެ ގޮބޮޅި އެއްކުރުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.
  3. ތައްޔާރުކުރި ހެއާ މާސްކު އިސްތަށިގަނޑުގެ ބުޑާއެކު އުނގުޅާށެވެ.
  4. ކެޕް އަޅައި، އިސްތަށިގަނޑު ނިވާކުރާށެވެ. މިގޮތަށް ގާތްގަނޑަކަށް 20 މިނެޓު ވަންދެން ބެހެއްޓުމަށް ފަހު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވެލާށެވެ.

މިހާރު އިސްތަށިގަނޑު ވަރަށް މަޑުވެފައި، އޮމާންވެފައި އަދި ވަރުގަދަވާނެ އެވެ.