އޮމާން ޗާލު މޫނެއް ބޭނުން ހެއްޔެވެ؟ މި ސުވާލަށް ނޫނެކޭ ބުނާނެ މީހަކު ގައިމުވެސް ނުހުންނާނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އޮމާން ހަންގަނޑަކަށް ގޭގައި ތައްޔާރު ކޮށްލެވިދާނެ ފޭސް މާސްކްއަކަށެވެ.

ބޭނުންވާ ތަކެތި

  • 2 ސައި ސަމުސާ ލުނބޯ ޖޫސް
  • 1 ސައިސަމުސާ ގްލިސަރިން
  • ސައިސަމުސާ ފިނިފެން

ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. މި ލޯޝަން މުޅި މޫނުގައި އުގުޅުމަށް ފަހު 20- 15 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ.

ބޭނުންވާ ތަކެތި

  • 1 ސައި ސަމުސާ ލުނބޯ ޖޫސް
  • 1/2 ޖޯޑު ޔޯގަޓް
  • 1/2 ސައިސަމުސާ އޮރެންޖް ޖޫސް

މި ހުރިހާ ބާވަތްތައް އެއްކޮށްގެން ޕޭސްޓެއް ހަދާށެވެ.މި ޕޭސްޓް މޫނާއި ކަރުދޮށުގައި އުނގުޅުމަށް ފަހު 20- 15 ވަންދެން ބަހައްޓާށެވެ. އަދި އެއަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ.

ބޭނުންވާ ތަކެތި

  • 1 ކުކުޅު ބިސް
  • 1 ސައި ސަމުސާ މާމުއި
  • 1 ސަމްސާ ގްލިސަރިން
  • 1 ސައި ސަމުސާ މިނަރަލް އޮއިލް

ކުކުޅު ބިސް ފޮނު އަރަންދެން ގިރާށެވެ. ގިރާފައިވާ ބިހުގެ ތެރެއަށް މާމުއިާއި ގްލިސަރިން އަދި މިނެރަލް އޮއިލް އެއްކުރާށެވެ. މޫނާއި ހަށިގަނޑުގެ ހަން ހިކިކޮށް ހުންނަ ހިސާބުތަކުގައި އުނގުޅުމަށް ފަހު 15 މިނިޓް ފަހުން ދޮވެލާށެވެ. މިއީ ހަންގަނޑު ހިކިކޮށް ހުންނަ މީހުން ބޭނުން ކުރުމަށް ވަރަށް ރަނގަޅު މާސްކެކެވެ.