ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އެކި ކަހަލަ މަޖާ ވީޑިއޯތައް ގެނެސްދީގެން މަޝްހޫރުކަން ހޯދި ނަޒީރު ޝިހާމް (ކާއްޓޭ)ގެ ފުރަތަމަ ކޮމެޑީ ފިލްމު "ވަނާޖްބޭސް"ގެ ޓީޒާ ރިލީޒްކޮށްފި އެވެ.

ވިޝާލް ޒަކީ ލިޔެ، ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި ކާއްޓޭ އިތުރުން ދެން ފެނިގެންދާނީ ކާއްޓޭއާއެކު ގިނަ ވީޑިއޯތަކުން ފެނިގެންދާ ހުސެއިން ސާދު (މަޓޭ) އާއި އެމްއެންޑީއެފުން އުފެއްދި "ހާދަރު" ގައި ނެގަޓިވް ރޯލެއް ކުޅުނު މުހައްމަދު ސައީދު އެވެ.

މި ފިލްމުގެ ޝޫޓީ ކުރިއަށް ގެންގޮސްފައި ވަނީ ފ. ނިލަންދޫ އަދި ފ. ފީއަލީގައި އެވެ. މިފިލްމުގައި އެރަށުގެ ބައެއް ފަންނާނުން ވެސް ފެނިގެންދާނެ އެވެ.

https://www.facebook.com/vanaajbeysa/videos/584055390245180/

"ޕާޓިކަލް ސްޓޫޑިއޯ" އާއި "ދަ ސްޓޫޑިއޯ" ގެ އިތުރުން "ވާންޗޯ އެންޓަޓެއިންމެންޓްސް" ގުޅިގެން ތައްޔާރުކުރާ "ވަނާޖްބޭސާ" ފިލްމު މިއަހަރު ތެރޭ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އޮލިމްޕަސްގައި މިފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.