ކަލާސް ޓީވީން ދައްކަމުން އަންނަ އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް " އަކީ އިންޑިއާގެ ޝޯތަކުގެ ތެރެއިން އެންމެ މަގްބޫލް އެއް ޝޯ އެވެ. ފަހަރަކަށް ވުރެ ފަހަރެއް މި ޝޯގެ ފޯރި އަންނަނީ ގަދަވަމުންނެވެ. ގިނަ ފަހަރު މިޝޯ އިން ފެންނަ ތަރިންގެ ކިބައިން ފެންނަ ކަންކަމުން އެނގޭ ކަމަކީ ޓީވީ ސްކްރީނުން ތަރިންގެ ފަރާތުން ފެންނަ ކަންކަމާއި ހަގީގަތާއި ވަރަށް ހިލާފުކަމެވެ. ކޮންމެ ސީޒަނެއްގައި ވެސް މަގުބޫލު ތަރިން ބައިވެރިވާއިރު، ކޮންމެ ސީޒަންނެއް ވެސް ކުރިއަށް ގެންދަނީ އެހެން އަހަރުތަކާ ހިލާފަށެވެ.

އެހެން އަހަރުތަކުގެ ބިގްބޮސް ސީޒަންތަކާ ހިލާފަށް މި އަހަރުގެ "ބިގްބޮސް" ބެލުންތެރިންގެ ތެރޭގައި މަގުބޫލުވުމުގެ ސަބަބުން މިއަހަރުގެ ސީޒަން، "ބިގްބޮސް 16" ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.

މިސީޒަންގެ ފައިނަލުގައި ވާދަކުރާ ފަސް ބައިވެރިން ކަށަވަރުވެފައިވާއިރު، ގްރޭޑް ފިނާލޭ އޮންނާނީ މަހުގެ 12 އަދި 13 ވަނަ ދުވަހުގެ ރެ އެވެ. މިހާރު ވަނީ " ބިގްބޮސް 16" ކާމިޔާބު ކުރާނެ މީހަކު ހޮވުމަށް މިހާރު ވަނީ ބެލުންތެރިންގެ ވޯޓް ހުޅުވާލާފަ އެވެ.

"ބިގްބޮސް" ކާމިޔާބު ކުރާ ފަރާތްތަށް ހާއްސަ ތައްޓެއްގެ އިތުރު ފައިސާގެ އިނާމެއް ލިބެ އެވެ. އެގޮތުން މިދިޔަ 15 ސީޒަން ކާމިޔާބު ކުރި ބައިވެރިންނަށް ލިބުނު ފައިސާގެ އިނާމަށް ބަލާލާނަމެވެ.

ސީޒަން އެކެއްގެ ޗެމްޕިއަން ރާހުލް ރޯއީ އެއް ކްރޯޑް ރުޕީސް ހޯދިއިރު، ބިގް ބޮސް 15 ގެ ޗެމްޕިއަން ތެޖަސްވީ ޕްރަކާޝް ގެއަށް ގެންދިޔައީ އެންމެ 25 ލައްކަ ރުޕީސް އެވެ.

ތިރީގައި މިބަލައިލަނީ ބިގްބޮސް ކާމިޔާބު ކުރި ބައިވެރިންނަށް ލިބުނު ފައިސާގެ އިނާމަށެވެ.

  • ބިގްބޮސް 1 ކާމިޔާބު ކުރި ރާހުލް ރޯއީ އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބުނީ އެއް ކްރޯޑް ރުޕީސް
ބިގްބޮސް 1 ކާމިޔާބު ކުރި ރާހުލް ރޯއީ
  • ބިގްބޮސް 2 ކާމިޔާބު ކުރިއަޝުތޯޝް ކައުޝިކަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބުނީ އެއް ކްރޯޑް ރުޕީސް
ބިގްބޮސް 2 ކާމިޔާބު ކުރިއަޝުތޯޝް ކައުޝިކް
  • ބިގްބޮސް 3 ކާމިޔާބު ކުރި ވިންދޫ ދާރާ ސިންގް އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބުނީ އެއް ކްރޯޑް ރުޕީސް
ބިގްބޮސް 3 ކާމިޔާބު ކުރި ވިންދޫ ދާރާ
  • ބިގްބޮސް 4 ކާމިޔާބު ކުރި ޝްވެތާ ތިވާރީ އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބުނީ އެއް ކްރޯޑް ރުޕީސް.
ބިގްބޮސް 4 ކާމިޔާބު ކުރި ޝްވެތާ ތިވާރީ
  • ބިގްބޮސް 5 ކާމިޔާބު ކުރި ޖޫހީ ޕަރްމާރ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ އެއް ކްރޯޑް ރުޕީސް.
ބިގްބޮސް 5 ކާމިޔާބު ކުރި ޖޫހީ ޕަރްމާރ
  • ބިގްބޮސް 6 ކާމިޔާބު ކުރި އުރުވާޝީ ދޮލަކިއާ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް
ބިގްބޮސް 6 ކާމިޔާބު ކުރި އުރުވާޝީ ދޮލަކިއާ
  • ބިގްބޮސް 7 ކާމިޔާބު ކުރި ގޯހަރު ޚާނަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް
ބިގްބޮސް 7 ކާމިޔާބު ކުރި ގޯހަރު ޚާން
  • ބިގްބޮސް 8 ކާމިޔާބު ކުރި ގޯތަމް ގުލާޓީ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް
ބިގްބޮސް 7 ކާމިޔާބު ކުރި ގޯތަމް
  • ބިގްބޮސް 9 ކާމިޔާބު ކުރި ޕްރިންސް ނަރޫލާ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް.
ބިގްބޮސް 9 ކާމިޔާބު ކުރި ޕްރިންސް ނަރޫލާ
  • ބިގްބޮސް 10 ކާމިޔާބު ކުރި މަންވީރު ގުރްޖާރު އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް
ބިގްބޮސް 10 ކާމިޔާބު ކުރި މަންވީރު ގުރްޖާރު
  • ބިގްބޮސް 11 ކާމިޔާބު ކުރި ޝިލްޕާ ޝިންޑޭ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް
ބިގްބޮސް 11 ކާމިޔާބު ކުރި ޝިލްޕާ ޝިންޑޭ
  • ބިގްބޮސް 12 ކާމިޔާބު ކުރި ދިޕިކާ ކަކާރު އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 30 ލައްކަ ރުޕީސް
ބިގްބޮސް 12 ކާމިޔާބު ކުރި ދިޕިކާ ކަކާރު
  • ބިގްބޮސް 13 ކާމިޔާބު ކުރި ސިދާތު ޝުކްލާ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 50 ލައްކަ ރުޕީސް
ބިގްބޮސް 13 ކާމިޔާބު ކުރި ސިދާތު ޝުކްލާ
  • ބިގްބޮސް 14 ކާމިޔާބު ކުރި ރޫބީނާ ދިލައިކް އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 36 ލައްކަ ރުޕީސް
ބިގްބޮސް 14 ކާމިޔާބު ކުރި ރޫބީނާ ދިލައިކް
  • ބިގްބޮސް 15 ކާމިޔާބު ކުރި ތެޖަސްވީ ޕްރަކާޝްއަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 25 ލައްކަ ރުޕީސް
ބިގްބޮސް 15 ކާމިޔާބު ކުރި ތެޖަސްވީ ޕްރަކާޝް

ފިނާލޭ މިމަހު 12 ގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ފޭނުން ތިބީ މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނެ ބައިވެރިޔަކީ ކޮބައިތޯ ބެލުމުގެ އިންތިޒާރުގައި އެވެ.

ބިގްބޮސް 16ގެ ގަދަ ފަސް ބައިވެރިން

މިފަހަރުގެ ސީޒަންގައި ފައިނަލަށް ދިޔަ ގަދަ ފަސް ބައިވެރިންނަކީ ޕްރިޔަންކާ ޗަހަރު ޗައުދަރީ، ޝިވް ތަކަރޭ، އެމްސީ ސްޓެން، އަރްޗަނާ ގޯތަމް، އަދި ޝަލީން ބަނޮޓް އެވެ.

މިފަހަރުގެ ސީޒަންގެ ފައިސާގެ އިނާމު އެހެން ސީޒަންގެ ފައިސާގެ އިނާމަށްވުރެން ކުޑަ ވާނެ އެވެ. މިފަހަރު ސީޒަން ކާމިޔާބު ކުރާ ބައިވެރިޔަކަށް ލިބިގެންދާނީ 21 ލައްކަ ރުޕީސް އެވެ. މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނީ ކޮން ބައިވެރިއެއް؟..