އެވޮކާޑޯ ނުވަތަ އޮށްކަދޫއަކީ ދިވެހިންގެ ތެރޭގައި މަޑުމަޑުން މަގުބޫލުކަން ހޯދަމުން އަންނަ މޭވާ އެކެވެ. ހިތި ރަހައެއް ހުއްޓަސް ފައިދާތައް ގިނަ މޭވާ އެކެވެ.

ސިއްހީ ތަޖުރިކާބާރުން ބުނާ ގޮތުގައި އެވަކާޑޯގައި ގިނަ އަދަދަކަށް ވިޓަމިން ބީ6 އާއި ފޮލިކް އެސިޑް އެކުލެވިގެންވެ އެވެ. އެހެން ކަމުން މި މޭވާ އާދަކޮށް ބޭނުން ކުރާ ނަމަ ހިތުގެ މައްސަލަތަކުން ދުރުހެލިކޮށްދެ އެވެ

ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށް ވެސް އެވަކާޑޯއަކީ އެހީތެރިވެދޭ އެއްޗެެކެވެ. އެވޮކާޑޯގައި ގިނަ އަދަދަކަށް އެކުލެވޭ ސިޓޮސްޓެރޯލް އަކީ ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ.

އެވަކާޑޯގައި އެކުލެވޭ ކެރަޓަނޮއިޑް ލުޓެއިންގެ ސަބަބުން އުމުރުން ދުވަސްވުުމުން ލޮލުގެ އަލި ކަމަށް ދިމާވާ މައްސަލަތައް ކުޑަކޮށްދެ އެވެ.

ހަމަ މިއާ އެކު އެވަކާޑޯއަކީ ސްޓްރޯކް ޖެހުމުން ވެސް ދުރުކޮށް ދޭ މޭވާއެކެވެ. އޭގައި ގިނަ އަދަދަލަށް ފޮލޭޓް އެކުލެވިފައިވުމަކީ އޭގެ އެއް ސަބަބެވެ.

މީގެ އިތުރުން ވެސް ހަމުގެ އެކި މައްސަލަތަކަށް އެވޮކާޑޯއިން ހައްލު ލިބެ އެވެ. އެހެންކަމުން ބާޒާރުގައި ހުންނަ ގިނަ "ސްކިން ކެއާ" އުފެއްދުންތަކުގައި އެވޮކާޑޯ ހިމަނާފައި ހުރެ އެވެ.