ތީނިއަކީ ކީރިތި ގުރުއާނުގައި ވެސް ނަންގަނެވިގެންވާ މޭވާ އެކެވެ. ވީއިރު އެއިން ގިނަ ފައިދާތަކެއް ލިބޭނެކަމާ މެދު ޝައްކު ކުރުމެއް ނުވެ އެވެ. އެހެން ނަމަވެސް އެކަން މިއަދު މިވަނީ ސައިންސުން ވެސް ޔަގީން ވެފަ އެވެ. ތީނިން ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.

ކެންސަރު ބައްޔާއި ދުރުކޮށްދޭ

ވައްތީނީގައި އެކުލެވޭ ފައިބާގެ މާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ

ތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން އެކި ކަހަލަ ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.

ހަކުރު ބައްޔަށް ލުއި ލިއްބައިދޭ

ވައްތީނީގައި އެކުލެވޭ ފައިބާ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

ކަށިތައް ވަރުގަދަ ކޮށްދޭ

ތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. މިކަމުގެ ސަބަބުން އާދަކޮށް ތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަނގަޅުކޮށް ހުރެ އެވެ.

ބަރުދަން ލުއިކުރަން އެހީވެދޭ

ތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބާގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރު ކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެ އެވެ. އަދި ހަމަ ބަރުދަން ލުއިކުރުމުގައިވެސް ފައިބާ މުހިއްމު ދައުރެއް އަދާކޮށްދެ އެވެ.

ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދޭ

އެގޮތުން ޖިންސީ ބަލިކަށިކަން ކުރިމަތިވާ ފަރާތްތަކުން އެއް ތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި އެއްރޭ ވަންދެން ފޯކުރުމަށްފަހު ގަވައިދުން ބޭނުން ކުރުމުން ޖިންސީ ބަލިކަށިކަމަށް ހައްލު ލިބޭ ކަމަށް މާހިރުން ވިދާޅުވެ އެވެ.