މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް އެ މުދާ ރާއްޖޭގައި ވިއްކައި މަންފާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދައި ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.
ރަސްގެފާނާއި ބޮޑު ވަޒީރު: ދިވެހިން މާކުރިން ދޫކޮށްލި ނިޒާމު
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
